Advertisement

ޑްރަގު ހުރި ފޮށިގަނޑު ބަލާ ދިޔައީ ޖަލުގައި ހުރި އެކުވެރިޔަކު ބުނެގެން


ޑްރަގު ހުރި ފޮށިގަނޑު ބަލާ ދިޔައީ ޖަލުގައި ހުރި އެކުވެރިޔަކު ބުނެގެން

ދެ ކިލޯއަށްވުރެ ގިނައިން މަސްތުވާތަކެތި ހުރި ފޮށިގަނޑު ބަލާ ދިޔައީ ޖަލުގައި ހުރި އެކުވެރިޔަކު ބުނެގެން ކަމަށް އެ މައްސަލައިގައި ހައްޔަރުކުރި ގދ. ވާދޫ، ފުރުސަތު، ލޫތު އިބްރާހިމް، 29، ކޯޓުގައި ބުނެފި އެވެ.

މުއްދަތު މަޖިލީހުގައި ލޫތު ބުނީ ފޮށިގަނޑު ބަލާ ދިޔައިރު ވެސް އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށާއި މަސްތުވާތަކެތި ހުރި ފޮށިގަނޑު ބަލާ ދިޔައީ ޖަލުގައި ހުރި ރައްޓިއްސެއް ބުނެގެން ކަމަށެވެ.

ތުހުމަތު ކުރެވޭ މީހާއަކީ ގިނަ އަދަދެއްގެ ކުށުގެ ރެކޯޑު އޮންނަ މީހެއް ކަމަށާއި އޭނާގެ ކުޑަކަމުދާތަކެތި މަސްތުވާތަކެއްޗަށް ޕޮޒިޓިވްވި ކަމަށް ފުލުހުން ބުންޏެވެ. އޭނާގެ ބަންދަށް 30 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ޖަހާފަ އެވެ.

ލޫތު ހައްޔަރުކުރީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް މަސްތުވާތަކެއްޗާ ހަވާލުވާން އަންނަ މީހެއް ހޯދުމަށް ފުލުހުން ހިންގި ޑެލިވަރީ އޮޕަރޭޝަނެއްގެ ތެރެއިންނެވެ. އޭނާއާއެކު ގއ. ދާންދޫ، ސަންލައިޓްވިލާ، އަހްމަދު ރިޝްމާހް، 21، ވެސް ހައްޔަރުކުރި އެވެ.

މި މައްސަލައިގައި މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރިކަމުގެ ތުހުމަތުގައި މެލޭޝިއާއަށް ނިސްބަތްވާ ރަންޖިނި ޖިވަނަންތަން, 38, ކްރިމިނަލް ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާގެ ބަންދަށް 20 ދުވަސް ކޯޓުން ވަނީ ޖަހާފަ އެވެ.

އެ ދެ މީހުން ހައްޔަރުކުރީ މާލޭގެ ގެސްޓްހައުސްއަކަށް މަސްތުވާތަކެތި ހުރި ފޮށިގަނޑު ބަލާ ދިޔުމުންނެނެވެ. އެ ސަރަހައްދުން ފިލުމަށް ވެސް އެ ދެ މީހުން މަސައްކަތްކުރި އެވެ.

ރާއްޖެއަށް ވައިގެ މަގުން ރަންޖިނި ޖިވަނަންތަން އެތެރެކުރަން އުޅުނެނިކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރަންޖިނި ޖިވަނަންތަން ކޯޓުގައި ބުނީ އޭނާ ރާއްޖެ އައީ ރަހުމަތްތެރިޔަކު ދިން ތިން ދުވަހުގެ އޮފާއެއްގައި ކަމަށާއި މަސްތުވާތަކެތި ހުރި ފޮށިގަނޑަކީ ރަހުމަތްތެރިޔާ ދިން އެއްޗެއް ކަމަށެވެ.