Advertisement

ޔޫނިއަން ބާލިން އަތުން މޮޅުވެ ބަޔާން ހަމަޖެހިލައިގެން

about 1 hour 0


ޔޫނިއަން ބާލިން އަތުން މޮޅުވެ ބަޔާން ހަމަޖެހިލައިގެން

about 1 hour 0

މިއުނިކް (މާޗް 22) - ޖަރުމަނު ލީގުގައި ރޭ ޔޫނިއަން ބާލިން އަތުން 4-0 އިން މޮޅުވެ، ލީގު ތާވަލުގެ އެއް ވަނައިގައި ރަނގަޅު ލީޑަކާ އެކު ބަޔާން މިއުނިކް ހަމަޖެހިލައިފި އެވެ.

ރޭގެ ނަތީޖާއާ އެކު، ބަޔާނުން އެއް ވަނައިގައި އޮތީ 27 މެޗުން 70 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމަންޑަށް 27 މެޗުން ވަނީ 61 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް އާރްބީ ލައިޕްޒިގަށް 27 މެޗުން 50 ޕޮއިންޓް އަދި ހަތަރެއްގައި އޮތް ސްޓުޓްގާޓަށް 26 މެޗުން 50 ޕޮއިންްޓް ލިބިފައިވާއިރު، ފަސް ވަނައިގައި އޮތް ހޮފެންހައިމް އަށް 27 މެޗުން 50 ޕޮއިންޓް ލިބިފައިވެ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ބަޔާނުން ފުރަތަމަ ހާފުގައި ލީޑުނެގީ، 43 ވަނަ މިނިޓްގައި މައިކަލް އޮލީސޭ ޖެހި ގޯލުންނެވެ. އަދި، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ސާޖް ގްނަބްރީ ވަނީ ބަޔާންގެ ލީޑުފުޅާކޮށްދީފަ އެވެ. މެޗުގައި ބަޔާންގެ ހަތަރު ވަނަ ލަނޑު ދެ ވަނަ ހާފުގައި ކާމިޔާބުކުރީ ވެސް ގްނަބްރީ އެވެ.

ބަޔާނުން މި މެޗުގައި ޖެހި އަނެއް ލަނޑު ކާމިޔާބުކުރީ، ކޮންރަޑް ލައިމާ ދިން ބޯޅައަކުން ހެރީ ކޭން އެވެ. މިއީ، މި ފަހަރު ލީގުގައި ކޭން ޖެހި 31 ގޯލެވެ. ޖަރުމަނު ލީގުގެ އެއް ސީޒަނެއްގައި އެންމެ ގިނަ ގޯލު ޖެހި ރޮބަޓް ލެވަންޑޯސްކީ ކާމިޔާބުކުރީ 41 ގޯލެވެ.

މި ސީޒަނުގެ ހުރިހާ މުބާރާތެއްގައި ކޭން ވަނީ ޖުމްލަ އެކު، 48 ލަނޑު ޖަހައިފަ އެވެ.