Advertisement

ބޮޑު މޮޅަކާ އެކު ލޯންސް ފްރެންްޗް ލީގުގެ އެއް ވަނަ އަށް

about 2 hours 0


ބޮޑު މޮޅަކާ އެކު ލޯންސް ފްރެންްޗް ލީގުގެ އެއް ވަނަ އަށް

about 2 hours 0

ޕެރިސް (މާޗް 21) - އެންޖާސް އަތުން 5-1 އިން ހޯދި މޮޅާ އެކު، ލޯންސް އިން ފްރެންޗް ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

ލޯންސް އިން ވަނީ ދެ ވަނައިގައި އޮތް ޕީއެސްޖީ އަށް ވުރެން ދެ މެޗު އިތުރަށް ކުޅެފަ އެވެ. ލޯންސް އެއް ވަނައިގައި އޮތީ 27 މެޗުން 59 ޕޮއިންޓް ހޯދައިގެންނެެވެ.

ދެ ވަނައިގައި އޮތް ޕީއެސްޖީ އަށް 25 މެޗުން ވަނީ 57 ޕޮއިންޓް ލިބިފަ އެވެ. ޕީއެސްޖީން މިރޭ ރަށުންބޭރުގައި ނީސްއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެނަމަ، ލީގުގެ އެއް ވަނަ އަށް ޖެހިލެވޭނެ އެވެ. ތިން ވަނައިގައި އޮތް މާސޭގެ 26 މެޗުން 49 ޕޮއިންޓް އޮތްއިރު، ހަތަރެއްގއި އޮތް ލިޔޯނަށް 26 މެޗުން ވަނީ 47 ޕޮއިންޓް ލިބިފަ އެވެ.

ރޭގެ މެޗުގައި ލޯންސް އަށް ލީޑުނަގައިދިނީ ފްލޯރިއަން ތޯވާން އެވެ. މި މެޗުގައި، މޮޅު ކުޅުމެއް ދެއްކި ތޯވާން ތަނަވަސްކޮށްދިން ދެ ފުރުސަތެއްގައި، އޮޑްސަން އެޑްވާޑް ވަނީ ދެ ލަނޑު ޖަހައިފަ އެވެ. ދެން، ލޯންސްގެ ލަނޑުތައް ޖަހައިދިނީ، މަމަދޫ ސަންގާރޭ އާއި މަތިއޫ އުޑޯލް އެވެ.

މެޗުގައި އެންޖާސްގެ ހަމައެކަނި ލަނޑު ދެ ވަނަ ހާފުގައި ކާމިޔާބުކުރީ ލެންރޯއި މެޝީން އެވެ.

ލޯންސް އިން އެންމެ ފަހުން ފްރެންޗް ލީގުގެ ޗެމްޕިއަންކަން ހޯދީ 1997/1998 ސީޒަނުގަ އެވެ.