Advertisement

ސަސްޕެންޑްނުކޮށް ފީފާއިން އިޒްރޭލަށް އެޅީ އާދައިގެ ފިޔަވަޅުތަކެއް

about 1 hour 0


ސަސްޕެންޑްނުކޮށް ފީފާއިން އިޒްރޭލަށް އެޅީ އާދައިގެ ފިޔަވަޅުތަކެއް

about 1 hour 0

ޒިއުރިކް (މާޗް 20) - ފަލަސްތީން ފުޓްބޯޅަ އެސޯސިއޭޝަނުން ހުށަހެޅި މައްސަލައިގައި އިޒްރޭލް ފުޓްބޯޅަ އެސޯސިއޭޝަން ސަސްޕެންޑްކުރުމުގެ ބަދަލުގައި ނިސްބަތުން ލުއި އަދަބުތަކެއް ދީފި އެވެ.

ފަލަސްތީން ފުޓްބޯޅަ އެސޯސިއޭޝަނުން 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ފީފާ އަށް މައްސަލަ ހުށެހެޅީ އިޒްރޭލް ސަސްޕެންޑްކުރުމަށް އެދި އެވެ. އެއީ، ފަލަސްތީނުގެ ބިމަށް އަރައިގަނެ، ގަތުލުއާންމު ހިންގައި، އެތައް ލާއިންސާނީ ކަމެއް ކުރަމުން އަންނަ އިޒްރޭލަށް ފުޓްބޯޅައިގައި ކުރިއަށްދިއުމުގައި އެއްވެސް އުނދަގުލެއް ނެތި ކުރިއަށްދާން ފުރުސަތު އޮތުމުން، ފުޓްބޯޅައިގައި ވެސް އެ ފަދަ ގައުމަކަށް ފިޔަވަޅު އެޅުމަށްޓަކަ އެވެ.

އިޒްރޭލުގެ ފުޓްބޯޅަ މުބާރާތްތަކުގެ ތެރޭގައި، ފަލަސްތީނަށް ރައްދުވާ ގޮތަށް މަލާމާތް ކުރުމުގެ ކަންކަން ކުރުމާއި ޝުއޫރުފާޅުކުރި ގިނަ މައްސަލަތަކެއް ވެސް ފަލަސްތީނުން ފީފާ އަށް ހުށަހެޅި މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ.

މި ހުރިހާ ކަމަކަށް ބަލާފައި ވެސް، ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން ނިންމާފައިވަނީ، 190،700 ޑޮލަރުން އިޒްރޭލް ފުޓްބޯޅަ އެސޯސިއޭޝަން ޖޫރިމަނާކުރުމުގެ އިތުރުން، އިޒްރޭލުން ދެން އަމިއްލަ ދަނޑުގައި ކުޅޭ ފީފާ ރެޖިސްޓާޑް ތިން މެޗުގައި، ދަނޑުގައި ދުރަށް ފެންނާނެހެން ބެނާއެއް ދެމުމަށެވެ. އަދި އެ ބެނާގައި، "ފުޓްބޯލް ޔުނައިޓްސް ދަ ވޯލްޑް - ނޯ ޓު ޑިސްކްރިމިނޭޝަން" މި ގޮތަށް ލިއުމަށް ފީފާ އިން ވަނީ އަންގައިފަ އެވެ.

ޔޫކްރެއިނާ ދެކޮޅަށް ހަނގުރާމައެއް ކުރާ ކަމަށް ބުނެ، ފީފާ އިން ރަޝިއާ ސަސްޕެންޑްކޮށްފައި އޮތްއިރު، ހަމަ އެ ގޮތަށް، އިޒްރޭލާ މެދު ފިޔަވަޅު އަޅާފައިނުވާތީވެ، ފީފާ އަށް ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ.