about 2 hours 0
about 2 hours 0
މެންޗެސްޓާ (މާޗް 17) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގެ ދެ ވަނަ ލެގުގައި މެންޗެސްޓާ ސިޓީ ދަނޑުގައި މިރޭ ކުޅޭ މެޗުގައި ކުޅެވޭ ވަރަށް ރެއާލް މެޑްރިޑްގެ ތަރި، ކީލިއަން އެމްބާޕޭ ފިޓް ކަަމަށާއި އެކަމަކު، އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންހަމް ނުފެންނާނެ ކަމަށް ރެއާލުން ބުނެފި އެވެ.
މިދިޔަ ހަފްތާގައި ރެއާލް ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗުން، އެ ޓީމު މޮޅުވީ ފެޑެރީކޯ ވަލްވޭޑޭގެ ހެޓްރިކާ އެކު 3-0 އިންނެވެ. ސިޓީން އަމިއްލަ ދަނޑުގައި ނަތީޖާ އަނބުރާލުމަށްޓަކައި، މިރޭ ނުކުންނައިރު، ފުރަތަމަ ލެގުގައި އަނިޔާއާ ހެދި ނުކުޅެވުނު، އެމްބާޕޭ އަށް މި މެޗުގައި ކުޅެވުމަކީ، ރެއާލަށް ހިތްވަރެކެވެ.
ވާތު ކަކުލަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުން، މިދިޔަ މަހުގެ 21 ވަނަ ދުވަހު އޮސަސޫނާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު، އެމްބާޕޭ، ރެއާލްގެ މެޗަކުން ނުފެނެ އެވެ. އަނެއްކޮޅުން، ފެބްރުއަރީ 1 ވަނަ ދުވަހު ރަޔޯ ވަޔެކާނޯއާ ކުޅުނު މެޗު ފަށައިގެން 10 މިނިޓް ތެރޭ އަނިޔާއާ ހެދި ބަދަލުކުރަން ޖެހުނު ބެލިންހަމްގެ ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާގެ މައްސަލަ އެއްކޮށް ހައްލުވެފައިނުވެ އެވެ.
މިރޭގެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރެއާލްގެ ކޯޗު އަލްވާރޯ އާބެލޯއާ ބުނީ، އެމްބާޕޭ ހުރީ މެޗުގައި ކުޅެވޭ ހާލަތަށް ފިޓްވެފައި ކަމަށެވެ. އެކަމަކު، ބެލިންހަމް އަށް އެ ފުރުސަތު އަދި ނެތް ކަމަށާއި އެހެން ނަމަވެސް، ޓީމާ އެކު ހުންނަން ބޭނުންވާތީވެ، ބެލިންހަމް ވަނީ، ޓީމާ އެކު، މެންޗެސްޓާ އަށް ދަތުރުކޮށްފައި ކަަމަށް އާބެލޯއާ ވަނީ ބުނެފަ އެވެ.
ރެއާލުން މިރޭ ސިޓީ ދަނޑުގައި ވަރަށް ވިސްނައިގެން ކުޅެގެން ނޫނީ މެޗު ފަސޭހަނުވާނެ ކަމަށް އާބެލޯއާ ވަނީ ބުނެފަ އެވެ.
Comment