about 2 hours 0
އެފްސީ ޔުނައިޓެޑް ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: ލަ ސޯނިޔާ ޔުނިޓީ ފުޓްސަލް ކަޕް
about 2 hours 0
ރ، މަޑުއްވަރީގައި ބާއްވާ" ލަ ސޯނިޔާ ދި ޔުނިޓީ ކަޕް 2026" ގެ ފުރަތަމަ މެޗުތަކުން އެފްސީ ޔުނައިޓެޑް މޮޅުވިއިރު، ބީބީ ނިއު ޖެނެރޭޝަން އާއި ޕެންތާސް ބައްދަލުކުރި މެޗު އެއްވަރުވެއްޖެ އެވެ.
އަށް ޓީމު ވާދަކުރާ މި މުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ، ޔުނީކް ސްޕޯޓްސް ކްލަބް، އެފްސީ ޔުނައިޓެޑް، ސްޕާޓަންސް ސްޕޯޓްސް ކްލަބް އަދި ކާޅު ސްޕޯޓްސް ކްލަބް އެވެ. ގްރޫޕް ބީގައި ހިމެނެނީ ބީބީ ނިއު ޖެނެރޭޝަން، ޕެންތާސް ސްޕޯޓްސް ކްލަބް، ގޯޓް ބުލްސް ސްޕޯޓްސް ކްލަބް އަދި ހަބުލް ބަބުލް އެވެ.
ގްރޫޕް އޭގެ މެޗުން ޔުނީކް އަތުން ޔުނައިޓެޑް މޮޅުވީ 4-2 އިންނެވެ. ޔުނައިޓެޑްގެ ލަނޑުތައް ޖެހީ ހާލިސް ހެޓްރިކެއްގެ އިތުރުން އިމާންއ އެވެ. ޔުނީކުގެ ލަނޑުތައް ޖެހީ ފައިޝަމް އާއި ނަސީހު އެވެ. މޮޅު ކުޅުންތެރިއަކީ ހާލިސް އެވެ.
ގްރޫޕް ބީގެ މެޗުން ބީބީ ނިއު ޖެނެރޭޝަން އާއި ޕެންތާސް 2-2 އިން ވީ އެއްވަރެވެ. ބީބީ ނިއު ޖެނެރޭޝަންގެ ދެ ގޯލު ވެސް ޖެހީ ތަހުޝީން (ތައްޓު) އެވެ. ޕެންތާސްގެ ލަނޑުތައް ޖެހީ އައްޒާމް އާއި މައިލާން އެވެ.
ބީބީ ނިއު ޖެނެރޭޝަން އާއި ޕެންތާސް ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: ލަ ސޯނިޔާ ޔުނިޓީ ފުޓްސަލް ކަޕް
މުބާރާތުގައި މިރޭ ވެސް ދެ މެޗެއް ކުޅޭނެ އެވެ. ފުރަތަމަ މެޗުގައި، ގޯޓް ބުލްސް އާއި ހަބުލް ބަބުލް ބައްދަލުކުރާއިރު، ސްޕާޓަންސް އާއި ކާޅު އެވެ.
ޔުނިޓީ ކަޕްގެ އެންމެ ބޮޑު ހާއްސަ ކަމަކީ، މިއީ، ތާރީހުގައި ވެސް މިހާތަނަށް މަޑުއްވަރީގައި ބޭއްވިގެންދާނެ އެންމެ އަގުބޮޑު މުބާރާތެވެ. އެ ގޮތުން، މި އަހަރުގެ މާޗް 10 ވަނަ ދުވަހު ފަށާ މި މުބާރާތުގައި އެހެން މުބާރާތްތަކާ ހިލާފަށް މޮޅުވާ ޓީމުތަކަށް ވެސް އިނާމް ފައިސާ ދޭ ގޮތަށް ވަނީ ރޭވިފަ އެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް 40،000 ރުފިޔާ ދޭން ނިންމާފައިވާއިރު، ރަނަރަޕަށް 20،000 ރުފިޔާ ލިބިގެންދާނެ އެވެ. އަދި، މުބާރާތުގެ ގްރޫޕް ސްޓޭޖު ފަހަނައަޅައި އަނެއް ބުރަށް ދާ ކޮންމެ ޓީމަކަށް 1500 ރުފިޔާ ދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އަދި، މި ގޮތަށް ބަލާއިރު، ޗެމްޕިއަންކަން ހޯދާ ޓީމަކަށް ޖުމްލަ އެކު، 43000 ރުފިޔާ ހޯދުމުގެ ފުރުސަތު އޮންނާނެ އެވެ.
Comment