Advertisement

އޮމާނުގެ ތެޔޮ ރައްކާ ކުރާ ފެސިލިޓީއަކަށް އިރާނުން ވަރުގަދަ ހަމަލާއެއް ދީފި

about 2 hours 0

އޮމާނުގެ ތެޔޮ ރައްކާކުރާ ކާރުހާނާ، އިރާނުގެ ހަމަލާއަށްފަހު: އިރާނުން ދަނީ އެމެރިކާގެ އަސްކަރިއްޔާ ހަރަކާތްތެރިވާ ގައުމުތަކަށް ހަމަލާ ދެމުން -- ފޮޓޯ: ރޮއިޓާސް


އޮމާނުގެ ތެޔޮ ރައްކާ ކުރާ ފެސިލިޓީއަކަށް އިރާނުން ވަރުގަދަ ހަމަލާއެއް ދީފި

about 2 hours 0

އޮމާނުގެ ސަލާލާ ޕޯޓުގައި ތެޔޮ ރައްކާ ކުރަން ހަދާފައި ހުރި ފެސިލިޓީއަކަށް އިރާނުން މިއަދު ވަރުގަދަ ހަމަލާއެއް ދީފި އެވެ.

ސަލާލާ ޕޯޓަށް ހަމަލާ ދިނީ އިރާނުގެ ޑްރޯންތަކެކެވެ. އޮމާނުން ބުނީ ހަމަލާ އަރާފައި ވަނީ ތެޔޮ ރައްކާކުރާ ޓޭންކުތަކަށް ކަމަށެވެ. އެ ހަމަލާގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށް އޮމާނުން ބުންޏެވެ.

އިޒްރޭލާއި އެމެރިކާއިން އިރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުން އިރާނުން ހަމަލާ ދޭން ފެށީ އިޒްރޭލުގެ އިތުރުން އެމެރިކާގެ އަސްކަރިއްޔާ ހަރަކާތްތެރިވާ އަރަބި ގައުމުތަކަށެވެ.

އިރާނުން ވަނީ އޮމާނުގެ އިތުރުން، ސައުދީ އަރަބިއްޔާ އާއި ކުވެއިތާއި ޔޫއޭއީ އާއި އުރުދުން އާއި ގަތަރާއި ބަހްރެއިނަށް ހަމަލާތަކެއް ދީފަ އެވެ. މި ހުރިހާ ގައުމެއްގައި ވެސް އެމެރިކާގެ އަސްކަރިއްޔާ ހަރަކާތްތެރިވެ އެވެ.

ހަނގުރާމައިގެ ސަބަބުން ހޮރުމޫޒު ކަނޑުއޮޅިން ދަތުރުކުރުން އެއްކޮށް ކަހަލަ ގޮތަކަށް ވަނީ ހުއްޓިފަ އެވެ. ގަލްފުގެ އަރަބި ގައުމުތަކުން އުފައްދާ ތެޔޮ ދުނިޔޭގެ ބާޒާރަށް ގެންދަނީ އެ މަގުންނެވެ. އެހެންވެ، މާކެޓުގައި ތެޔޮ މަދުވެ ގައުމުތަކުން ދަނީ އެމަޖެންސީ ފިޔަވަޅު އަޅަމުންނެވެ.

އިންޓަނޭޝަނަލް އެނަޖީ އެޖެންސީ އިން މިއަދު ވަނީ 400 މިލިއަން ފީފާގެ ތެޔޮ ރިޒާވުން ދޫކޮށްލަން ނިންމައިފަ އެވެ. އެއީ އެ އެޖެންސީގެ 32 މެންބަރު ގައުމުން ނިންމި ނިންމުމެކެވެ. އެއީ މުޅި ދުނިޔެއަށް ތިން ދުވަހަށް ބޭނުންވާ ވަރުގެ ތެލެވެ.