about 2 hours 0
about 2 hours 0
އަންނަ މަހު ޗައިނާގެ ސަންޔާ، ހައިނާން އައިލެންޑްގައި ކުރިއަށްދާ އޭޝިއަން ބީޗް ގޭމްސްގައި ރާއްޖޭން ހަތަރު ކުޅިވަރަކުން ވާދަކުރާނެ ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން ބުނެފި އެވެ.
އޭޝިއަން ބީޗް ގޭމްސްގެ ހަ ވަަނަ އެޑިޝަން ސަންޔާގައި ހޯސްޓްކުރަން ފުރަތަމަ ރޭވީ 2020 ވަނަ އަހަރު އެވެ. އެކަމަކު، ކޮވިޑް-19އާ ހެދި އެ ފަހަރު ތާވަލުކުރި ގޮތަށް އެ މުބާާރާތް ކުރިއަށްނުދިޔަ އެވެ. އޭގެ ފަހުން، އެކި ފަހަރު މަތިން މަސައްކަތްކޮށްގެން މިހާރު އޭޝިއަން ބީޗް ގޭމްސް ތާވަލުކޮށްފައި އޮތީ އަންނަ މަހުގެ 22 އިން 30 އަށް ކުރިއަށްދާ ގޮތަށެވެ.
އެ މުބާރާތުގެ ތައްޔާރީތަކާ ގުޅޭ އެޑްމިނިސްޓްރޭޓިވް މަސައްކަތްތައް މޯލްޑިވްސް އޮލިމްޕިކް ކޮމީޓީން މިހާރު ފުރިހަމަކުރަމުން އަންނައިރު، މިި ފަހަރުގެ ގޭމްސްގައި ރާއްޖޭން ހަތަރު ކުޅިވަރަކުން ވާދަކުރާނެ އެވެ. އެއީ، ހޭންޑްބޯލް، އެތުލެޓިކްސް، ސްވިމިން އަދި ވޮލީބޯލް އެވެ.
ރާއްޖޭން ވާދަކުރާ ކުޅިވަރުތަކުގެ ތެރެއިން ހޭންޑްބޯލް ފިޔަވައި، ދެން އޮތް ހަަތަރު ކުޅިވަރުގައި ވެސް ދެ ޖިންސުން އެތުލީޓުން ވާދަކުރާނެ އެވެ. ހޭންޑްބޯލް އިން ވާދަކުރަނީ ހަމައެކަނި ފިރިހެން ޓީމެވެ.
އޭޝިއަން ބީޗް ގޭމްސް އެންމެ ފުރަަތަމަ ބާއްވާފައިވަނީ، އިންޑޮނޭޝިއާގެ ބާލީގައި 2008 ވަނަ އަހަރެވެ. އޭގެ ފަހުން، 2010 ވަނަ އަހަރު އޮމާނުގެ މަސްކަޓުގައި، 2012 ވަނަ އަހަރު ޗައިނާގެ ހައިޔާންގައި، 2012 ގައި ތައިލެންޑުގެ ޕުކެޓްގައި އަދި 2016 ވަަނަ އަހަރު ވިއެޓްނާމްގެ ދަނަންގަ އެވެ.
Comment