about 5 hours 0
ރޭ ބޭއްވި އޮލިމްޕިކް ކޮމިޓީގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ސައްތާރު ވާހަކަ ދައްކަވަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް
about 5 hours 0
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން ތިން ކުޅިވަރު އެސޯސިއޭޝަނަކާ ގުޅިގެން އަތޮޅު ތެރޭގައި ހިންގަމުން އަންނަ "އައުޓްރީޗް" ޕްރޮގްރާމްގެ ތެރެއިން ނަތީޖާ ފެންނަ ކަމަށް އޮލިމްޕިކް ކޮމިޓީގެ ރައީސްކަން ދެ ވަނަ ދައުރަކަށް ކުރައްވަމުން އަންނަ މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) ވިދާޅުވެއްޖެ އެވެ.
އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާ ރޭ ކުރިއަށްދިޔައިރު، އެ ޖަލްސާ އަށް ފަހު އޮތް، ނޫސްވެރިންގެ ބައްދަލުވުމުގައި ސައްތާރު ވިދާޅުވީ، މިދިޔަ އަހަރު ސްވިމިން އެސޯސިއޭޝަން، އެތުލެޓިކްސް އެސޯސިއޭޝަން އަދި ޓޭބަލްޓެނިސް އެސޯސިއޭޝަނާ ގުޅިގެން އަތޮޅު ތެރެއަށް އަމާޒުކޮށް "އައުޓްރީޗް ޕްރޮގްރާމެއް" ފެށިގެން ދިޔަ ކަމަށެވެ.
"މި އަތޮޅު ތެރޭގައި އެންމެ މުހިންމު ކަމަކީ ތި ވިދާޅުވާހެން ރަނގަޅު އެތުލީޓުން ހޯދުން، އެއާ އެއްކޮށް އެތުލީޓުންގެ ޑިވެލޮޕްމަންޓްގެ ވެސް ވަރަށް ބޮޑު ބައި އޭގެ ތެރެއިން އެބަދޭ. އެހެންވީމަ، އަޅުގަނޑުމެން ވަރަށް ބޮޑަށް ފޯކަސް ކުރީ މި އައުޓްރީޗް ޕްރޮގްރާމަކީ ހަމައެކަނި ސީދާ ހަމައެކަނި އަތޮޅު ތެރެއަށް ކުރިއަށްގެންދާ ޕްރޮގްރާމެއް. މިހާރު ތިން އެސޯސިއޭޝަނުން އެބައި ކުރިއަށް އެބަގެންދޭ،" ސައްތާރު ވިދާޅުވި އެވެ.
ސްވިމިން އެސޯސިއޭޝަންގެ ރައީސްކަން ވެސް ކުރައްވަމުން އަންނަ ސައްތާރު ވިދާޅުވީ، އައުޓްރީޗް ޕްރޮގްރާމްގެ ކުރިއެރުންތައް ފެންނަ ކަމަށް އެސޯސިއޭޝަންތަކުން ފާހަގަކުރަމުން އަންނަ ކަމަށެވެ.
"އެސޯސިއޭޝަންތަކުން އެބަ ފާހަގަކުރޭ ވަރަށް ބައިވަރު އާ އެތުލީޓުން އެބަ ފެންނަ ކަމަށް. އަޅުގަނޑުމެން، އޭގެ ތެރެއިން، އެސޯސިއޭޝަންތަކުން ހޮވާލައިގެން ކުދިންތަކެއް ފަހަރެއްގައި އަތޮޅު ތެރެއިން ވީމަ، ސްކޮލަޝިޕް ދީގެން މާލެ އަށް ވެސް ގެނެވެންޏާ އަޅުގަނޑުމެން ބަލާނަން މާލޭން ވެސް ދެވޭތޯ، އެއީ، ދެން އަންނަ މަރުހަލާގައި އެކަން ވާނީ، ފުރަތަމަ މަރުހަލާ އަކީ ފޯކަސް އަކީ މި ކުދިން ހޯދުން، އަދި އެއާ އެއްކޮށް މިހާރު ހަމަ ޑިވެލޮޕްމަންޓްގެ ބައެއް ގެންދިއުން، އެތުލީޓުންގެ އިތުރަށް ކޯޗުންގެ ޑިވެލޮޕްމަންޓްތަކެއް ވެސް ދާނެ،" ސައްތާރު ވިދާޅުވި އެވެ.
ފާއިތުވި އަހަރުތަކުގައި އޮލިމްޕިކް ކޮމިޓީގެ ގިނަ ހަރަކާތްތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، އަންނަނީ ކުރިއަށްގެންދަމުންނެވެ. އެ ގޮތުން، ހާއްސަ ކަންކަމާ ގުޅޭގޮތުން ކުރިއަށްދާ އިވެންޓްތައް ވީހާވެސް ބޮޑަށް ރާއްޖޭގެ އެކި ރަށްރަށުގައި ބޭއްވުމަކީ އޮލިމްޕިކް ކޮމިޓީގެ މިހާރުގެ ލީޑަޝިޕްގެ ވަރަށް ބޮޑު ތަސައްވުރެކެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment