Advertisement

އިންޑިއާ ކްރިކެޓް ޓީމުގެ ދެން އޮތް ޓާގެޓަކީ އޮލިމްޕިކްސް

about 2 hours 0


އިންޑިއާ ކްރިކެޓް ޓީމުގެ ދެން އޮތް ޓާގެޓަކީ އޮލިމްޕިކްސް

about 2 hours 0

އަހުމަދުއާބާދު، އިންޑިއާ (މާޗް 11) - ޓީ20 ވޯލްޑް ކަޕްގެ ތަށި ދިފާއުކުރުމަށް ފަހު، އިންޑިއާގެ ކްރިކެޓް ޓީމަށް ދެން އޮތް ޓާގެޓަކީ 2028 ވަނަ އަހަރު ލޮސް އެންޖެލްސްގައި ބާއްވާ އޮލިމްޕިކްސްގެ ކްރިކެޓް އިވެންޓް ކާމިޔާބުކުރުން ކަމަށް އިންޑިއާގެ ޓީ20 ޓީމުގެ ކެޕްޓަން، ސޫރްޔަކުމާރު ޔާދަވް (ސްކައި) ބުނެފި އެވެ.

ނިއު ޒީލެންޑުގެ މައްޗަށް 96 ލަނޑުން ކުރިހޯދައި، އިންޑިއާ އިން ޓީ20 ކްރިކެޓް ވޯލްޑް ކަޕްގެ ތަށި ދިފާއުކޮށް ހޯދީ ތާރީހީ ކާމިޔާބެކެވެ. އެ ގޮތުން، އިންޑިއާ އަކީ ޓީ20 ވޯލްޑް ކަޕެއްގެ ތަށި ދިފާއުކުރި ފުރަތަމަ ޓީމެވެ. އަދި، މުބާރާތުގެ ތަށި ތިން ފަހަރެއްގެ މަތިން ހޯދި ފުރަތަމަ ޓީމު ވެސް މެ އެވެ.

އިންޑިއާ އިން ވަނީ 2007 ވަނަ އަހަރުގެ ދެކުނު އެފްރިކާގައި ބޭއްވި، އެންމެ ފުރަތަމަ ޓީ20 ކްރިކެޓް ވޯލްޑް ކަޕާއި، 2024 ވަނަ އަހަރު ކެރީބިއަން އައިލެންޑްސްގައި ބޭއްވި ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ. އަދި، މި ފަހަރު އިންޑިއާ އިން އެ ގައުމާއި ސްރީ ލަންކާގައި ހޯސްޓްކުރި ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށް މި ވަނީ އަމިއްލަ ގައުމުގައި ކުޅެގެން، ޓީ20 ވޯލްޑް ކަޕެއް ކާމިޔާބުކުރި ފުރަަތަމަ ޓީމުގެ ޝަރަފް ހޯދައިފަ އެވެ.

ބޮޑު ކާމިޔާބީ އަށް ފަހު، ސޫރްޔަކުމާރު ބުނީ، މިހާތަނަށް ލިބުނީ ވެސް ވަރަށް ހާއްސަ ކާމިޔާބެއް ކަމަށެވެ.

"ޔަގީންކަމެއް، ދެން އޮތް އަމާޒަކީ އޮލިމްޕިކްސް. އޮލިމްޕިކްސްގެ ރަން މެޑަލް. ދެން، ހަމަ އެ އަހަރު އޮތް ޓީ20 ވޯލްޑް ކަޕް ކާމިޔާބުކުރުން،" ސޫރްޔަކުމާރު ބުންޏެވެ.

ލޮސް އެންޖެލްސްގައި 2028 ގައި ބާއްވާ އޮލިމްޕިކްސްގައި ކްރިކެޓް ހިމަނަން ނިންމާފައިވާއިރު، ކުޅޭނީ ޓީ20 ފޯމެޓަށެވެ. ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތް ކަމަށްވާ އޮލިމްޕިކްސް އަށް ކްރިކެޓް އެ އަންނަނީ ބޮޑު މެދުކެނޑުމަކަށް ފަހު އެވެ. އޮލިމްޕިކްސްގައި ކްރިކެޓް އެންމެ ފަހުން އޮތީ، 1900 ވަނަ އަހަރު އެވެ.