Advertisement

އިންޑިއާގެ ގޯތަމް ގަމްބީރަށް ފައިނަލްތަކުގައި 100 ޕަސެންޓް ރެކޯޑެއް

about 3 hours 0


އިންޑިއާގެ ގޯތަމް ގަމްބީރަށް ފައިނަލްތަކުގައި 100 ޕަސެންޓް ރެކޯޑެއް

about 3 hours 0

އަހުމަދުއާބާދު (މާޗް 10) - އިންޑިއާގެ ގައުމީ ކްރިކެޓް ޓީމުގެ ކުރީގެ ކުޅުންތެރިޔާ، އަދި މިހާރު ގައުމީ ޓީމުގެ ކޯޗު، ގޯތަމް ގަމްބީރު، މި ފަހަރުގެ ޓީ20 ވޯލްޑް ކަޕްގެ ތަށި އިންޑިއާ އަށް ހޯދައިދިނުމަށް ފަހު، ފައިނަލްތަކުގައި އޭނާގެ ފުރިހަމަ ރެކޯޑް ދަމަހައްޓައިފި އެވެ.

ކުޅުންތެރިއެއްގެ ގޮތުގައި، ގަމްބީރު ވަނީ 2007 ވަނަ އަހަރުގެ ޓީ20 ވޯލްޑް ކަޕް ފައިނަލާއި 2011 ވަނަ އަހަރުގެ ވަންޑޭ އިންޓަނޭޝަނަލް (އޯޑީއައި) ވޯލްޑް ކަޕް އިންޑިއާއާ އެކު ކާމިޔާބުކޮށްފަ އެވެ.

އެންމެ ވަރުގަދަ ފްރެންޗައިސް ކްރިކެޓް ލީގު، އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގެ ޗެމްޕިއަންކަން، ކަލްކަތާ ނައިޓް ރައިޑާސް (ކޭކޭއާރް) އަށް ކުޅެމުން ގަމްބީރު ވަނީ 2012 އާއި 2014 ވަނަ އަހަރު ހޯދައިފަ އެވެ.


ކޯޗިން ކެރިއަރަށް ބަލާއިރު، ގަމްބީރު ވަނީ، މެންޓޯއެއްގެ ގޮތުގައި ހުރެ، 2024 ވަނަ އަހަރުގެ އައިޕީއެލް ތަށި ކޭކޭއާރް އަށް ހޯދައިދީފަ އެވެ.

އިންޑިއާގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވެ، ގަމްބީރު ވަނީ މިދިޔަ އަހަރު ކުރިއަށްދިޔަ ޗެމްޕިއަންސް ޓްރޮފީގެ ތަށި އިންޑިއާ އަށް ހޯދައިދީފަ އެވެ. އަދި، ދާދި ފަހުން، ނިއު ޒީލެންޑްގެ މައްޗަށް ކުރިހޯދައި، ގަމްބީރު ވަނީ އިންޑިއާ އަށް ޓީ20 ވޯލްްޑް ކަޕްގެ ތަށި ދިފާއުކޮށްދީފަ އެވެ.

ފައިނަލް މެޗަށް ފަހު، ގޯތަމް، އިންޓަވިއުގައި ބުނެފައިވަނީ، އޭނާ އަބަަދުވެސް މަސައްކަތްކުރަނީ، ޓީމުގެ މަސްލަހަތު އިސްކޮށް، ސޯޝަލް މީޑިއާ އަށް ބީރުކަންފަތެއް ދީގެން ކަމަށެވެ.

މި ފަހަރުގެ ޓީ20 ވޯލްޑް ކަޕްގެ ކާމިޔާބީގައި، ގަމްބީރު ވަނީ، 2024 ވަނަ އަހަރު އިންޑިއާ އަށް ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ކޯޗު، ރާހުލް ޑްރާވިޑް އާއި އިންޑިއާ ކްރިކެޓް ބޯޑުގެ ސެންޓާ އޮފް އެކްސަލަންސް ހިންގުމާ ހަވާލުވެ ހުންނެވި ލަކްސްމަން އަށް ޝުކުރު އަދާކޮށްފަ އެވެ.