Advertisement

އިރާނުގެ އާ ސުޕްރީމް ލީޑަރަކަށް އަލީ ހާމަނާއީގެ ދަރި މުޖުތަބާ

about 18 hours 0

މުޖުތަބާ ހާމަނާއި: އޭނާއަކީ އަލީ ހާމަނާއީގެ ދެވަނައަށް ދޮށީ ދަރި -- ފޮޓޯ: ގެޓީ/ނޫރް ފޮޓޯސް


އިރާނުގެ އާ ސުޕްރީމް ލީޑަރަކަށް އަލީ ހާމަނާއީގެ ދަރި މުޖުތަބާ

about 18 hours 0

އިރާނުގެ އާ ސުޕްރީމް ލީޑަރަކަށް، އެ ގައުމުގެ ކުރީގެ ސުޕްރީމް ލީޑަރު އަލީ ހާމަނާއީގެ ދަރިފުޅު، މުޖުތަބާ ހާމަނާއީ އައްޔަންކޮށްފި އެވެ.

އިރާނުގެ ކުރީގެ ސުޕްރީމް ލީޑަރުގެ ބަދަލުގައި އޭނާގެ 56 އަހަރުގެ މުޖުތަބާ މި އައްޔަންކުރީ، އެމެރިކާ އާއި އިޒްރޭލުން ދިން ހަމަލާތަކުގައި އޭނާ މަރާލިތާ ނުވަ ދުވަސް ފަހުންނެވެ. މުޖުތަބާ މި މަގާމަށް އައްޔަންކުރިކަން އިއުލާންކުރުމުގެ މާ ކުރިން ފެށިގެން މި މަގާމު އޭނާއަށް ދޭން އުޅޭ ކަމަށް ވަނީ ރިޕޯޓުކޮށްފަ އެވެ.

އިރާނުގެ ބާރުގަދަ އަސްކަރިއްޔާ، އަދި މުޖުތަބާ ވަރަށް ގާތުން މަސައްކަތް ކުރަމުން އައިސްފައިވާ، އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އާއި އެ ގައުމުގެ ވެރިން ވަނީ އާ ލީޑަރަށް ބައިއަތު ހިފައި، އޭނާއަށް ތާއީދުއޮތް ކަން ހާމަކޮށްފަ އެވެ.

މުޖުތަބާ މި މަގާމަށް އަައްޔަންކުރިއިރު، މިއީ އެމެރިކާއިން އެ މަގާމަށް އަންނަން ބޭނުންނުވާ މީހުންގެ ލިސްޓުގެ އެންމެ ކުރީގައި އޮތް ނަމެވެ.

އެމެރިކާގެ ރައީސް، ޑޮނަލްޑް ޓްރަމްޕް ވަނީ އާ ސުޕްރީމް ލީޑަރު ހޮވުމުގައި އެ ގައުމުގެ ބައިވެރިކުރަން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.

އެމެރިކާއިން އާއި މި ހަނގުރާމައިގައި އެންމެ ބޮޑަށް ވާގިވެރިވަމުން އަންނަ އިޒްރޭލުން ވަނީ އެ ގައުމު ބައިވެރިނުކޮށް ހޮވާ ސުޕްރީމް ލީޑަރަކަށް މާ ގިނަ ދުވަހު ބާރުގައި ނުހުރެވޭނެ ކަމަށް ބުނެ، އެ މީހަކު ނައްތާލާނެ ކަމަށް އިންޒާރު ދީފަ އެވެ.

އީރާންގެ ސުޕްރީމް ލީޑަރަކީ އެ ގައުމުގެ އަސްކަރިއްޔާގެ އެންމެ އިސްވެރިޔާ އަދި ގައުމުގެ ދާހިލީ އަދި ހާރިޖީ ނިންމުންތަކުގައި އެންމެ ފަހު ބަސް ބުނާ މީހާ އެވެ.