Advertisement

ދޮޅު ބިލިއަން ރުފިޔާއަށް ވުރެ ބޮޑު އިންވެސްޓުމަންޓުތަކަށް 15 އަހަރަށް ޑިއުޓީ މާފުކޮށްދެނީ

ރައީސް މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވަނީ: އިމްޕޯޓު އެކްސްޕޯޓު ގާނޫނުގެ ދަށުން ޑިއުޓީ މާފުކުރުމުގެ އިހުތިޔާރު ލިބެނީ ސީދާ ރައީސްއަށް --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ދޮޅު ބިލިއަން ރުފިޔާއަށް ވުރެ ބޮޑު އިންވެސްޓުމަންޓުތަކަށް 15 އަހަރަށް ޑިއުޓީ މާފުކޮށްދެނީ

ދޮޅު ބިލިއަން ރުފިޔާއަށް ވުރެ އަގު ބޮޑު އިންވެސްޓުމަންޓުތަކަށް ގެންނަ ތަކެތިން ނަގާ ޑިއުޓީ 15 އަހަރުގެ މުއްދަތަކަށް މާފުކުރުމުގެ ބާރު ރައީސްއަށް ލިބޭ ގޮތަށް އިމްޕޯޓް ޑިއުޓީ މާފުކުރުމުގެ އާ އުސޫލެއް ރައީސް އޮފީހުން އިއްޔެ ގެޒެޓުކޮށްފި އެވެ.

ކުރިން އަމަލުކުރަމުން އައި ދަހަރެއް ވެފައިވާ އުސޫލު އުވާލުމަށް ފަހު އިއްޔެ އަމަލުކުރަން ފެށި އާ އުސޫލުގައި ބޮޑެތި ބަދަލުތަކެއް ގެނެސްފައިވެ އެވެ. ކުރީގެ އުސޫލުގައި، ޑިއުޓީ މާފުކޮށްދިނުމުގެ އިހުތިޔާރު ރައީސްއަށް ދީފައި އޮތީ، އިގުތިސޯދީ ގޮތުން ބޭނުންތެރި މަސައްކަތްތައް ފެށުމާއި، ކުރުމާއި، ހިންގުމަށް އިމްޕޯޓު ކުރާ ތަކެތިން އެކަންޏެވެ.

އާ އުސޫލުގައި ވަނީ ރޯގާ އާއި ބަލިމަޑުކަމެއް ލައިގަތުން ނޫނީ ގުދުރަތީ ކާރީސާއެއް ލައިގަތުން ފަދަ ހާއްސަ ހާލަތްތަކާއި އިގުތިސޯދީ ގޮތުން ބޭނުންތެރި ސްޓެރްޓަޖިކް މަޝްރޫއެއް ނުވަތަ ވިޔަފާރިއެއް ހިންގުމުގެ ގޮތުން އިމްޕޯޓުކުރާ ތަކެއްޗާއި އެކްސްޕޯޓުކުރާ ނުވަތަ ރީއެކްސްޕޯޓު ކުރާ ތަކެތިން ވެސް ރައީސް ބޭނުންވެއްޖެ ނަމަ ޑިއުޓީ މާފުކުރުމުގެ ބާރު ދީފަ އެވެ.

އިގުތިސޯދީ ގޮތުން ބޭނުންތެރި މަސައްކަތްތަކުގެ ގޮތުގައި އޮތީ 12 މަސައްކަތެކެވެ. ކުރިން އޮންނަނީ އަށް މަސައްކަތެކެވެ.

އިގުތިސޯދީ ގޮތުން ބޭނުންތެރި މަސައްކަތްތައް

  • މާވަޑާމުގެ ގޮތުގައި އޮޑިދޯނިފަހަރު ބަނުމަށާއި، އޮޑިދޯނިފަހަރުގެ އާބާތުރަފިލުވުމަށް ގެންނަ ތަކެތި
  • ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ދަނޑުވެރިކަމަށް ގެންނަ ތަކެތި
  • އިމްޕޯޓު މަދުކޮށް، އެކްސްޕޯޓު އިތުރުވާނޭ ކަމަށް ބެލެވޭ ވިޔަފާރި އާއި އެ ފަދަ އިގުތިސޯދީ މަސައްކަތްތައް
  • އާމްދަނީ ހޯދުމަށް ޓަކައި، މަސްވެރިކަން ކުރާ ފަރާތްތަކުން މަސްވެރިކަން ކުރުމަށާއި މަސްވެރިކަން ތަަރައްގީކުރުމަށް ގެންނަ ތަކެތި
  • އިގުތިސޯދީ މައިގަނޑު މަސައްކަތްތައް ފުޅާކޮށް، ވިޔަފާރި އާއި ވަޒީފާގެ ފުރުސަތުތައް އިތުރުކޮށް، ރައްޔިތުންގެ އާންމު ދިރިއުޅުން ފަހިކޮށްދޭ ވިޔަފާރި އާއި، އިގުތިސޯދީ އެ ފަދަ މަސައްކަތްތައް
  • ބޭރު ފައިސާ އިތުރުކޮށްދޭ ވިޔަފާރި އާއި އެ ފަދަ އިގުތިސޯދީ މަސައްކަތްތައް
  • ރާއްޖޭގައި އާންމުކޮށް ނުކުރާ އިގުތިސޯދީ މަސައްކަތްތަކާއި، އިގުތިސޯދީ ޑައިވާސިފައިކުރުމަށް ހިންގޭ އިގުތިސޯދީ މަސައްކަތް
  • ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފުޅާކުރުމާއި އެ ކަމަށް މަގުފަހިކޮށްދޭ އިގުތިސޯދީ މަސައްކަތްތަކާއި ސަރުކާރުން ހިންގާ ޕްރޮޖެކްޓެއް ނުވަތަ ލޯނެއް ނުވަތަ ގްރާންޓެއްގެ ދަށުން ހިންގާ މަސައްކަތް
  • ފަތުރުވެރިކަމުގެ ސިނާއަތުގައި މުޅިން އަލަށް ފައްޓާ މަސައްކަތްތަކާއި، ހުރި އިންވެސްޓުމަންޓުތަކުގެ ތެރެއިން އިންވެސްޓުމަންޓުގެ އޮރިޖިނަލް އަގުގެ 25 ޕަސެންޓަށް ވުރެ ބޮޑު ހަރަދެއް ހިނގާ ކެޕިޓަލް އެކްސްޕެންޑިޝާ އާއި މަރާމާތުގެ މަސައްކަތްތައް
  • މެރިން ފިއުލް ބަންކަރިންގެ ބޭނުމަށް އެކަމަށް ލައިސަންސް ދެވިފައިވާ ދިވެހި ވިޔަފާރިތަކުން އިމްޕޯޓުކޮށް ރީއެކްސްޕޯޓުކުރާ، އަދި ފޮރިން ވެސަލްތަކަށް ބަންކާ ފިއުލްގެ ގޮތުގައި އަޅާ ތެލުގެ ބާވަތްތައް
  • ފަތުރުވެރިކަން ކުރިއަރާފައި ނުވާ އަތޮޅުތަކަށް ފަތުރުވެރިކަން ފުޅާކުރުމުގެ ގޮތުން ހއ.، ހދ.، ށ.، ތ.، ލ.، އަދި އައްޑޫ އަތޮޅުގައި ރިސޯޓު ތަރައްގީކުރަން ގެންނަ ތަކެތި
  • ހަލާތު ޓޫރިޒަމަށް އިންވެސްޓުކުރާ ފަރާތަކުން ރިޒޯޓް ތަރައްގީކުރުމަށް ގެންނަ ތަކެތި

މި މަސައްކަތްތަކަށް ގެންނަ ތަކެތީގެ ތެރެއިން ޑިއުޓީ އާއި ރެވެނިއު ފީ މާފުކޮށްދެނި ކެޕިޓަލް އިކުއިޕްމަންޓާއި ސްޕެއާޕާޓާއި މެޓީރިއަލް އަދި އެހެނިހެން ސަޕްލައިސްއިންނެވެ.

އަލަށް ފަށާ އިގުތިސޯދީ މަސައްކަތެއް ނަމަ، އިންވެސްޓްމަންޓް ގާއިމުކުރެވެންދެން ޑިއުޓީ އާއި ރޯޔަލްޓީ އާއި ރެވެނިއު ފީ މާފުކޮށްދެވެ އެވެ.

ޑިއުޓީ މާފުކޮށްދޭ މަސައްކަތްތަކުގެ ތެރެއިން އިންވެސްޓުމަންޓުގެ އަގަށް ބިނާކޮށް ދިގު މުއްދަތުގެ ޑިއުޓީ ލުއި ލިބެނީ، ފަށާފައިވާ އިންވެސްޓުމަންޓުތަކުގެ ތެރެއިން އިގުތިސޯދީ މައިގަނޑު މަސައްކަތްތައް ފުޅާކުރާ މަސައްކަތްތަކާއި ބޭރުފައިސާ އިތުރުކޮށްދޭ މަސައްކަތްތަކަށެވެ. މި މާނަކުރުމުގެ ތެރެއަށް ޓޫރިޒަމް ސިނާއަތުގެ ހުރިހާ ވިޔަފާރިއެއް ފެތެ އެވެ.

އިންވެސްޓުމަންޓުގެ އަގަށް ބިނާކޮށް ޑިއުޓީ ލުއި ލިބޭ މުއްދަތު

  • ދެ މިލިއަން ޑޮލަރާއި 25 މިލިއަން ޑޮލަރާ ދެމެދު - ތިން އަހަރަށް
  • 25 މިލިއަން ޑޮލަރާއި 50 މިލިއަން ޑޮލަރާ ދެމެދު - ފަސް އަހަރަށް
  • 50 މިލިއަން ޑޮލަރާއި 75 މިލިއަން ޑޮލަރާ ދެމެދު - ހަތް އަހަރަށް
  • 75 މިލިއަން ޑޮލަރާއި 100 މިލިއަން ޑޮލަރާ ދެމެދު - 10 އަހަރަށް
  • 100 މިލިއަން ޑޮލަރަށް ވުރެ ބޮޑު - 15 އަހަރަށް

ޑިއުޓީ މަނާކުރެވޭ މަސައްކަތްތަކުގެ މާނަކުރުމުގެ ތެރޭގައި ރާއްޖޭގައި ހިންގާ ހުރިހާ އިގުތިސޯދީ ހަރަކާތެއް ކަހަލަ ގޮތަކަށް ހިމެނޭ ގޮތަށް އުސޫލު ނެރުނުއިރު، މިހެންދޭ ލުއިތަކުގެ ސަބަބުން އާމްދަނީން ގެއްލޭ އަދަދު ވަރަށް ބޮޑެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ "ޓެކްސް އެކްސްޕެންޑިޗާ ރިޕޯޓު 2024" ގައި ބަޔާންކޮށްފައިވާ ގޮތުގައި ޑިއުޓީ ލުއިތަކުގެ ސަބަބުން 2023 ގައި ގެއްލުނު އާމްދަނީ 1.6 ބިލިއަން ރުފިޔާއަށް އަރަ އެވެ. އެ އަހަރާއި އޭގެ ކުރިން ހިނގި ފަސް އަހަރު ދިން ލުއިތަކުގެ އަގު ހިމެނުމުން، އެ އަދަދު ފަސް ބިލިއަން ރުފިޔާއަށް އަރަ އެވެ.

މިއީ ވަރަށް ބޮޑު އަދަދެއް ނަމަވެސް، މި ހުރިހާ ފައިސާއެއް ގެއްލުނީ ރައީސްއަށް ލިބޭ އިހުތިޔާރުގެ ދަށުން ޑިއުޓީ މާފުކޮށްދިނުމާ ގުޅިގެން ނޫނެވެ. އެންމެ ގިނަ އަދަދަކަށް ޑިއުޓީ މާފުކޮށްދެނީ ސަރުކާރުގެ އިދާރާތަކަށެވެ. މިސާލަކަށް 2024 ވަނަ އަހަރު ނަގާނަމަ، އެ އަހަރު ގެއްލުނު 1.6 ބިލިއަން ރުފިޔާގެ ތެރެއިން

ޑިއުޓީ އާމްދަނީ ހީނަރުވެދާނެ އިތުރު ބަދަލުތަކެއް ސަރުކާރުން އިއުލާންކުރިއިރު، މިދިޔަ އަހަރު އަންދާޒާ ކުރި ވަރަށް ޑިއުޓީ އާމްދަނީ ނުލިބެ އެވެ.