އެފްއޭ ކަޕްގައި އޮޑި އާއި ނިއުގެ ކުރިމަތިލުމެއް

Mar 5, 2026, 10:47 AM
އެފްއޭ ކަޕްގައި އޮޑި އާއި ނިއުގެ ކުރިމަތިލުމެއް

އަންނަ މަހު ފަށާ އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަން، އޮޑި ސްޕޯޓްސް ކްލަބާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ބައްދަލުކުރަން ޖެހިއްޖެ އެވެ.

އަންނަ މަހުގެ 10 ވަނަ ދުވަހު ފަށަން ނިންމާފައިވާ އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރަނީ، ފުރަތަމަ ޑިވިޝަނުން އޮޑި އާއި ނިއުގެ އިތުރުން، ކްލަބް އީގަލްސް، ވިކްޓަރީ ސްޕޯޓްސް ކްލަބް، ޓީސީ ސްޕޯޓްސް ކްލަބް، ބުރު ސްޕޯޓްސް ކްލަބް އަދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އެވެ. މީގެ އިތުރުން، ބްލޫސް ސްޕޯޓްސް ކްލަބް ވެސް އެފްއޭ ކަޕްގައި ކުޅޭނެ އެވެ.

ފުރަތަމަ ޑިވިޝަނުން އެފްއޭ ކަޕްގައި ނުކުޅެނީ، ކްލަބް ގްރީން ސްްރީޓްސް، ކްލަބް ވެލެންސިއާ އަދި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އެވެ.

އަންނަ މަހުގެ 10 ވަނަ ދުވަހު ކުޅޭ ކުއާޓާ ފައިނަލް ދެ މެޗުގައި ބައްދަލުކުރާނީ، އީގަލްސް އާއި ބްލޫސްގެ އިތުރުން ނިއު އާއި އޮޑި އެވެ. މި ސީޒަނުގައި ނިއު އާއި އޮޑިން ވަނީ ލީގުގައި ދެ ފަހަރު އަދި ޕްރެޒިޑެންޓްސް ކަޕްގައި އެއް ފަަހަރު ބައްދަލުކޮށްފަ އެވެ. ނިއު އިން ލީގުގައި އޮޑި އަތުން އެއް މެޗުން 1-0 އިން ބަލިވިއިރު، އަނެއް މެޗުން 0-0 އިން ވަނީ އެއްވަރުވެފަ އެވެ. އަދި، ޕްރެޒިޑެންޓްސް ކަޕްގެ ގްރޫޕް ސްޓޭޖުގައި އެ ދެ ޓީމު ކުޅުނު މެޗުން ވަނީ 1-1 އިން އެއްވަރުވެފަ އެވެ.

މިދިޔަ ނުވަ ވަރަކަށް އަހަރު ތެރޭ، ރާއްޖޭގެ އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތް ބޭއްވުނީ ދެ ފަހަރު އެވެ. އެއީ، 2017 ވަނަ އަހަރު ނިއު އިން އެ މުބާރާތް 12 ވަނަ ފަހަރު ކާމިޔާބުކުރި ފަހުން، 2022 ވަނަ އަހަރު ބޭއްވި ފަހަރު އެވެ. އެ ފަހަރުގެ ފައިނަލުގައި 2-0 އިން ކްލަބް ވެލެންސިއާ ބަލިކޮށް، ޗެމްޕިއަންކަން ހޯދީ މާޒިޔާ އެވެ.

އަންނަ މަހުގެ 11 ވަނަ ދުވަހު ކުޅޭ އެފްއޭ ކަޕް ކުއާޓާ ފައިނަލް ދެ މެޗަށް ބަލާއިރު، ވިކްޓަރީން ކުޅޭނީ ޓީސީއާ އެވެ. އަދި، އަނެއް މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން، މާޒިޔާ ބައްދަލުކުރާނީ ބުރުއާ އެވެ.

މި ފަހަރުގެ މުބާރާތުގެ ސެމީ ފައިނަލް އޮތީ އަންނަ މަހުގެ 15 ވަނަ ދުވަހު އެވެ. އަދި، ފައިނަލް މެޗު އޮތީ އަންނަ މަހުގެ 18 ވަނަ ދުވަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox