about 2 hours 0
about 2 hours 0
ނިޔޯން، ސްވިޒަލެންޑް (ފެބްރުއަރީ 27) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގައި ޗެލްސީ އާއި ޕީއެސްޖީން ވާދަކުރަން ޖެހުނުއިރު، މެންޗެސްޓާ ސިޓީ އާއި ރެއާލް މެޑްރިޑުން ކުރިމަތިލާން ޖެހިއްޖެ އެވެ.
މިދިޔަ އަހަރުގެ ޗެމްޕިއަން، ޕީއެސްޖީން ގަދަ 16 ބުރުގައި ބައްދަލުކުރަން ޖެހިފައި މި ވަނީ މިދިޔަ އަހަރުގެ ފީފާ ކްލަބް ވޯލްޑް ކަޕްގެ ފައިނަލުގައި އެ ޓީމު އަތުން މޮޅުވި ޗެލްސީއާ ދެކޮޅަށެވެ. މި ދެ ޓީމު މީގެ ކުރިން ޗެމްޕިއަންސް ލީގުގައި އަށް ފަހަރެއްގެ މަތިން ބައްދަލުކޮށްފައިވާއިރު، ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ޗެލްސީން ވަނީ ޕީއެސްޖީ އެއް ލެގުގައި މޮޅުވެފައި އޮއްވައި، ނަތީޖާ އަނބުރާލައިފަ އެވެ. އެއީ، މީގެ 11 އަހަރު ކުރިން، 2013-2014 އަހަރުގެ ސީޒަނުގަ އެވެ.
ސިޓީ އާއި ރެއާލުން މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ލީގު ބުރުގައި ވެސް ބައްދަލުކުރިއިރު، ފާއިތުވި އަހަރުތަކުގައި މި ދެ ޓީމުގެ ގިނަ ކުރިމަތިލުންތަކެއް ޗެމްޕިއަންސް ލީގުގައި ވަނީ ފެނިގެންގޮސްފަ އެވެ. މިިދިޔަ ޑިސެމްބަރު މަހު ސިޓީން ވަނީ 2-1 އިން ރެއާލް ބަލިކޮށްފަ އެވެ. އެއީ، ރެއާލް އަތުން ސިޓީ އަށް ލިބުނު ހަ ވަނަ މޮޅެވެ. ރެއާލުން ފަސް މެޗުން މޮޅުވެފައިވާއިރު، މި ދެ ޓީމު ވަނީ ފަސް މެޗުން އެއްވަރުވެސްވެފަ އެވެ.
ޕްރިމިއާ ލީގުގެ ފަސް ޓީމެއް މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގައި ކުޅޭއިރު، ލީގު ބުރުގެ ހުރިހާ މެޗަކުން މޮޅުވި އާސެނަލުން ނޮކައުޓް ފުރަތަމަ މެޗުގައި ކުޅޭނީ ބަޔާ ލެވަކޫސަންއާ އެެވެ. ނިއުކާސަލް ޔުނައިޓެޑުން ބާސެލޯނާއާ ކުޅޭއިރު، މި ދެ ޓީމު ލީގު ބުރުގައި ކުޅުނު މެޗުން ނިއުކާސަލް ދަނޑުގައި ބާސެލޯނާ ވަނީ 2-1 އިން މޮޅުވެފަ އެވެ. ޓޮޓެންހަމް ހޮޓްސްޕާސް އިން ވާދަކުރާނީ އެތުލެޓިކޯ މެޑްރިޑާ އެެވެ.
ނޮކައުޓް ޕްލޭއޮފްގައި ބޮރޫޝިއާ ޑޯޓްމަންޑް ކަޓުވާލި އެޓަލަންޓާ އިން ގަދަ 16 ގައި ބަޔާން މިއުނިކާ ކުޅޭއިރު، ލިވަޕޫލުން ނުކުންނާނީ ޔުވެންޓަސް ކަޓުވާލި ގަލަތަސަރާއިއާ ދެކޮޅަށެވެ. ގަލަސަތަރާއި އިން ވަނީ ލީގު ބުރުގައި ލިވަޕޫލް އަތުން މި ފަހަރު މޮޅުވެފަ އެވެ.
ތިރީސް ހަ އަހަރަށް ފަހު ޔޫރަޕްގެ ކްލަބް މުބާރާތެއްގެ ނޮކައުޓްގައި ފެނިގެންދާ ނޯވޭގެ ފުރަތަމަ ކްލަބް، ބޯޑޯ/ގިލްމްޓް އިން ގަދަ 16 ބުރުގައި ނުކުންނާނީ ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަންއާ ދެކޮޅަށެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment