Advertisement

ގޯތި ހޯދަން ވަގު ލިޔުން ހެދި މައްސަލާގައި ފަޒީލް ހިމެނޭހެން 12 މީހުންގެ މައްޗަށް ދައުވާ އުފުލައިފި

about 2 hours 0


ގޯތި ހޯދަން ވަގު ލިޔުން ހެދި މައްސަލާގައި ފަޒީލް ހިމެނޭހެން 12 މީހުންގެ މައްޗަށް ދައުވާ އުފުލައިފި

about 2 hours 0

ވަގު ލިޔުންތަކެއް ހުށަހަޅައިގެން ހުޅުމާލޭ ފޭސް ދޭކުން ގޯއްޗެއް ހޯދަން އުޅުނު މައްސަލައިގައި އެމްޑަބްލިއުއެސްސީގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލު ރަޝީދު ހިމެނޭހެން 12 މީހެއްގެ މައްޗަށް މިއަދު ދައުވާ އުފުލައިފި އެވެ.

މި މައްސަލައާ ގުޅިގެން ނުވަ މީހެއްގެ މައްޗަށް އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާ ކުރާއިރު ދެ މީހެއްގެ މައްޗަށް ސައްހަނޫން ލިޔުމެއް އުފެއްދުމުގެ ކުށުގެ ދައުވާ ވަނީ އުފުލާފަ އެވެ. އަދި އެކަކުގެ މައްޗަށް ވަނީ ސައްހަނޫން ލިޔުމެއް އުފެއްދުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އުފުލާފަ އެވެ.

ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާ އުފުލި މީހުން

  • މުހައްމަދު ފަޒީލް ރަޝީދު، މ. ޒޭވަރު، މާލެ
  • މަރިޔަމް ސާއީ، ހަޒާރުމާގެ، ސ. ހިތަދޫ
  • އީމާ ވަހީދު، ދިލް، ދޫޑިގަން، ފުވައްމުލައް
  • އައިޝަތު މައުރޫފާ، ދަފްތަރު ނަންބަރު ރސ 9044
  • މުހައްމަދު އާދަމް، ހުޅުމާލެ ފްލެޓު ނަންބަރު 02-ޖީ-46
  • އަބްދުލްމަޖީދު މާހިރު، ޖަމީލާ، ހއ. ދިއްދޫ
  • ހުސައިން ޒާހިރު ޒައިނު، މ. ވެސްޓުކޯސްޓް، މާލެ
  • އަޝްހަދު އަލީ، މ. ފަޅުމަތީގެ، މާލެ
  • އަހުމަދު އަލީ، މ. ފަޅުމަތީގެ، މާލެ

ސައްހަނޫން ލިޔުމެއް އުފެއްދުމުގެ ކުށުގެ ދައުވާ އުފުލި މީހުން

  • އަހުމަދު އަތީގު އަބްދުالله، ގ. ޕޫލްބަހާރުއާގެ، މާލެ
  • އަހުމަދު މާޒިން، ޑޭޒީމާގެ، ނ. ވެލިދޫ

ސައްހަނޫން ލިޔުމެއް އުފެއްދުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އުފުލި މީހުން

  • އަރުޝަދު އަލީ، މ. ފަޅުމަތީގެ، މާލެ

މިއީ ޑިސެމްބަރު، 2024 ގައި ފެންމަތިވި މައްސަލައެކެވެ. ފަޒީލް ރަޝީދަކީ ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗަކަށް އެދި ހުށަހެޅި މީހެކެވެ. ނަމަވެސް އޭނާއަކީ ކުރިން ހިންގި ބޯހިޔާވަހިކަމުގެ ސްކީމެއްގެ ދަށުން ބޯހިޔާވަހިކަމެއް ލިބިފައިވާ މީހަކަށް ވާތީ، އޭނާގެ ޝަރުތު ހަމަނުވާ ކަމަށް އޮތީ ނިންމާފަ އެވެ.