Advertisement

މޯހަން، އާ ޗެލެންޖެއް ނަގަން ވިކްޓަރީގެ ކޯޗުކަމާ ހަވާލުވެއްޖެ

about 1 hour 0


މޯހަން، އާ ޗެލެންޖެއް ނަގަން ވިކްޓަރީގެ ކޯޗުކަމާ ހަވާލުވެއްޖެ

about 1 hour 0

ގައުމީ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗަކަށް ދާދި ފަހުން މަސައްކަތްކުރި، ޕްރޯ ލައިސަންސް ކޯޗު، މުހައްމަދު ޝިޔާޒް (މޯހަން)، "އާ ޗެލެންޖެއް" ނެގުމުގެ އަޒުމާ އެކު، ވިކްޓަރީ ސްޕޯޓްސް ކްލަބްގެ ކޯޗުކަމާ ހަވާލުވެއްޖެ އެވެ.

ވިކްޓަރީގެ އެންމެ ވާދަވެރި ކްލަބް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ކޯޗަކަށް ކުރިން ހުރި މޯހަން، ވިކްޓަރީއާ ހަވާލުވެފައި މި ވަނީ އަންނަ ސީޒަނުގެ ނިޔަލަށެވެ. ދިވެހި ޕްރިމިއާ ލީގާއި ޕްރެޒިޑެންޓްސް ކަޕްގައި ވިކްޓްރީ އަށް ކޯޗުކޮށްދިން، ސްލޮވާކިއާގެ ޔުއެފާ ޕްރޯ ލައިސަންސް ކޯޗު، ޖޯޖްލީ ގެރީ ވަނީ އެ ކްލަބުން ވަކިވެފަ އެވެ.

ޖޯޖްލީގެ ކޯޗުކަމުގައި ވިކްޓަރީ ވަނީ ދިވެހި ޕްރިމިއާ ލީގުގެ ހަ ވަނައިގައި ނިންމައިފަ އެވެ. ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށް ޕްރެޒިޑެންޓްސް ކަޕްގެ ގްރޫޕް ސްޓޭޖަށް ކޮލިފައިވީ ނަމަވެސް، ގްރޫޕްގެ ދެ މެޗުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ބުރު ސްޕޯޓްސް ކްލަބް އަތުން ބަލިވެ، މުބާރާތުން ކެޓީ އެވެ.


ވިކްޓަރީއާ ހަވާލުވެ، ކޯޗިން ކެރިއަރުގައި އާ ޗެލެންޖެއް ނެގި، މޯހަން، "އަދަދު ސްޕޯޓްސް" އަށް ބުނީ، އަންނަ ސީޒަނުގައި ވަރުގަދަ ޓީމެއް ގޮވައިގެން މުބާރާތްތަކުގައި ވާދަކުރެވޭނެ ކަމުގެ ޔަގީންކަން ކްލަބްގެ މެނޭޖްމަންޓުން ދީފައިވާ ކަމަށެެވެ.

ވިކްޓަރީއާ އެކު، ދެކެވުނު ވާހަކަތާ އެކު އުންމީދީ މަސައްކަތެއް ކުރެވިދާނެ ކަމުގެ އިތުބާރު އެބައޮތް ކަމަށް މޯހަން ވަނީ ބުނެފަ އެވެ.

ސާފް ޗެމްޕިއަންޝިޕް، 2008 ވަަނަ އަހަރު ކާމިޔާބުކުރި ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗު، މޯހަން އަކީ، މިދިޔަ އަހަރު ސްރީ ލަންކާ ބަލިކޮށްފައި، ރާއްޖޭން ސައުތު އޭޝިއަން ސުޕަ ކަޕްގެ ތަށި އުފުލާލި ޓީމުގެ ހެޑް ކޯޗެވެ.

ފުރަތަމަ ޑިވިޝަނުގައި މީގެ ކުރިން، ނިއުގެ ކޯޗަކަށް ހުރުމުގެ އިތުރުން، މޯހަން ވަނީ، ކްލަބް ވެލެންސިއާ، ކްލަބް އީގަލްސް، މާޒިޔާ، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަދި ދ. ކުޑަހުވަދޫ ފުޓްބޯޅަ ޓީމާއި މަހިބަދޫ ސްޕޯޓްސް ކްލަބަށް ރާއްޖޭގެ އެންމެ މަތީ ލެވަލްގެ މުބާރާތްތަކުގައި ކޯޗުކޮށްދީފަ އެވެ.