Advertisement

ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ރާއްޖޭގައި

about 2 hours 0

އެއާޕޯޓުން މަރުހަބާ ދެންނެވީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް --- ފޮޓޯ: މަޖިލިސް އިދާރާ


ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ރާއްޖޭގައި

about 2 hours 0

ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ސަރުދާރު އަޔާޒު ސޯދިގު ރަސްމީ ދަތުރެއްގައި ރާއްޖެ ވަޑައިގެންފި އެވެ.

އިއްޔެގެ ވަގުތެއްގައި ސަރުދާރު ރާއްްޖެ ވަޑައިގަތުމުން އެއާޕޯޓުން މަރުހަބާ ދެންނެވީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله އެވެ. އެމަނިކުފާނާ އެކު މަޖިލީހުގެ ބައެއް މެންބަރުން ވެސް ސަރުދާރަށް މަރުހަބާ ދެންނެވުމަށް އެއާޕޯޓަށް ވަޑައިގަތެވެ.

އޭގެ ތެރޭގައި މައިނޯރިޓީ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު، ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު، މަނަދޫ ދާއިރާގެ މެންބަރު އަދި ޖޭއެސްސީގެ ރައީސް ހުސްނީ މުބާރިކު ހިމެނެ އެވެ.

މި ދަތުރުގައި ރައީސް މުހައްމަދު މުއިއްޒު އާއި މަޖިލިސް ރައީސް އާއެކު ސަރުދާރު ރަސްމީ ގޮތުން ބައްދަލުކުރައްވާނެ އެވެ.

ރައްޔިތުންގެ މަޖިލިސް ކުރާ ގެއަކީ ޕާކިސްތާނުގެ އެހީތެރިކަމާއެކު ބިނާކޮށްފައިވާ އިމާރާތެކެވެ. އޮގަސްޓު 1998، ގައި އެ އިމާރާތް ހުޅުވައިދިނުމަށް ޕާކިސްތާނުގެ އޭރުގެ ބޮޑުވަޒީރު ނަވާޒު ޝަރީފް ވެސް ވަޑައިގަތެވެ.