Advertisement

ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން ހުޅުމާލެ ފޭސް ތިނެއްގައި 1000 ފްލެޓު އަޅައިދޭނެ ބަޔަކު ހޯދަނީ

ހުޅުމާލެ ފޭސް ތިނެއްގެ ބިން ހިއްކާ ނިމިފައި


ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން ހުޅުމާލެ ފޭސް ތިނެއްގައި 1000 ފްލެޓު އަޅައިދޭނެ ބަޔަކު ހޯދަނީ

ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން ހުޅުމާލެ ފޭސް ތިނެއްގައި 1،000 ފްލެޓު އަޅައިދިނުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.

މި މަޝްރޫއު ހިންގުމަށް ފޭސް ތިނަކުން ފަސް ބިން ހަމަޖައްސާފައިވާއިރު ކޮންމެ ބިމެއްގައި ވެސް 200 ޔުނިޓު އަޅަން ޖެހެ އެވެ. ބިން ހަވާލުކުރާތާ 30 މަސްދުވަހުގެ ތެރޭގައި މި މަޝްރޫއު ނިންމަން ޖެހެ އެވެ.

މިއީ ފުރަތަމަ ފަހަރަށް ފްލެޓު ގަންނަ ފަރާތްތަކަށް ހާއްސަކޮށްގެން އަޅާ ފްލެޓުތަކެކެވެ. މިއީ ވެސް ދެ ކޮޓަރި އާއި ތިން ކޮޓަރީގެ ފްލެޓުތަކެކެވެ.

އެގޮތުން، ތިން ކޮޓަރީގެ ފްލެޓެއްގައި މަދުވެގެން 950 އަކަފޫޓު ހުންނަން ޖެހޭއިރު ވިއްކޭނެ އެންމެ ބޮޑު އަގެއްގެ ގޮތުގައި އޮތީ 2.3 މިލިއަން ރުފިޔާ އެވެ. ދެ ކޮޓަރީގެ ފްލެޓެއްގައި މަދުވެގެން 700 އަކަފޫޓު ހުންނަން ޖެހޭއިރު ވިއްކޭނެ އެންމެ ބޮޑު އަގެއްގެ ގޮތުގައި އޮތީ 1.8 މިލިއަން ރުފިޔާ އެވެ.

މިއީ ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުން ފްލެޓު އެޅުމަށް ފަހު ވިއްކާ ގޮތަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލި ފުރުސަތެކެވެ. ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ މާޗު 23، ގެ 13:00 އެވެ.