Advertisement

އިސްލާމް ދީނަށް ތައުހީނުކުރި މައްސަލައެއްގައި ޓިކްޓޮކުގައި މަޝްހޫރު "ބޫގާ" ފުލުހަށް ހާޒިރުވާން އަންގައިފި

about 1 hour 0


އިސްލާމް ދީނަށް ތައުހީނުކުރި މައްސަލައެއްގައި ޓިކްޓޮކުގައި މަޝްހޫރު "ބޫގާ" ފުލުހަށް ހާޒިރުވާން އަންގައިފި

about 1 hour 0

އިސްލާމް ދީނަށް ތައުހީނުކޮށް، ދީނުގެ ގަދަރު ކުޑަވާ ގޮތަށް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ވާހަކަ ދައްކަމުންދާތީ ޓިކްޓޮކުގައި މަޝްހޫރު އަހުމަދު "ބޫގާ" އާމިރު ފުލުހަށް ހާޒިރުވާން އަންގައި އިއުލާންކޮށްފި އެވެ.

އޭނާގެ ޓިކްޓޮކު އެކައުންޓުގައި މިވަގުތު ވެސް 8،700 އަށްވުރެ ގިނަ ފޮލޮވަރުން ތިބިއިރު ބޫގާ ޕޯސްޓުކުރާ ބައެއް ވީޑިއޯތަކުގައި އިސްލާމް ދީނަށް ފުރައްސާރަކުރާތީ އާންމުންގެ ނުރުހުމާއި ފާޑުކިޔުން އަމާޒުވެ އެވެ. އޭނާ ދިރިއުޅެނީ ރާއްޖެއިން ބޭރުގަ އެވެ.

"ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަމަށް ބުރޫއަރާފަދަ ވާހަކަ ދެއްކުމާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ ނައްތާލުމަށް ގޮވާލައި ވާހަކަ ދައްކާފައިވާ މައްސަލައާ ގުޅިގެން ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރަން،" ފުލުހުން ބުނެފައިވެ އެވެ.

އޭނާ ހާޒިރުކުރަނީ މައްސަލައިގެ ތުހުމަތުގައި ސުވާލު ކުރުމަށެވެ.

މި މައްސަލާގައި އޭނާ އުޅޭ ވަކި ތަނެއް އެނގިފައި ނުވާތީ ޗިޓު ހަވާލު ނުކުރެވޭ ކަމަށް ފުލުހުން ބުނެ އެވެ. މާޗު 10، ގެ 16:00 ކުރިން ސާޖަންޓު އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން އިމާރާތަށް ހާޒިރުވުމަށް ބޫގާއަށް ވަނީ އަންގާފަ އެވެ.