Advertisement

ރާއްޖޭގެ ނަސްރާ ފީފާގެ ސޯޝަލް ރެސްޕޮންސިބިލިޓީ ކޮމިޓީ އަށް

about 2 hours 0


ރާއްޖޭގެ ނަސްރާ ފީފާގެ ސޯޝަލް ރެސްޕޮންސިބިލިޓީ ކޮމިޓީ އަށް

about 2 hours 0

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ހިންގާ ކޮމިޓީ މެމްބަރު، ހައްވާ ނަސްރާ ސައީދު، ފީފާގެ ސޯޝަލް ރެސްޕޮންސިބިލިޓީ ކޮމިޓީ (އިޖުތިމާއީ) ކޮމިޓީ އަށް އައްޔަނުކޮށްފި އެވެ.

ފީފާ އިން މިދިޔަ އަހަރު ނަސްރާ އެ ކޮމިޓީ އަށް އައްޔަނުކުރިއިރު، އޭނާ އެ ކޮމިޓީގައި ހަތަރު އަހަރުގެ ދައުރެއް ފުރިހަމަކުރާނެ އެވެ. އެ ކޮމިޓީގެ ދައުރު ކުރިއަށްދާނީ 2029 އަށެވެ.

ފީފާ އިން ދުނިޔޭގެ ފުޓްބޯޅައިގެ ކަންކަން މެދުވެރިކޮށް، އެކި ގައުމުތަކާއި ބައްރުތަކުގައި ގިނަ ހަރަކާތައް ހިންގާ މި ކޮމިޓީ އަކީ ފުޓްބޯޅައިގެ ޒަރިއްޔާ އިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިޖުތިމާއީ، އިންސާނީ އަދި ތިމާވެށީގެ ކަންކަމުގައި ހެޔޮ ބަދަލުތައް ގެނައުމަށްޓަކައި މަސައްކަތްކޮށް ޕްރޮގްރާމްތައް ހިންގައި، ވިލަރެސް ކުރާނެ ކޮމިޓީ އެކެވެ.

އދ. މަހިބަދޫ އަށް އުފަން ނަސްރާ އަކީ ތައުލީމީ ދާއިރާގައި ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރާ ފަރާތެކެެވެ. ތައުލީމީ ދާއިރާއިން މާސްޓާ ޑިގްރީއެއް ހާސިލްކުރައްވާފައިވާ ނަސްރާ، އެފްއޭއެމްގެ ލީޑަޝިޕާ ގުޅިވަޑައިގަތީ، އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގު (ޓޮމް)ގެ ޓީމުގައި ހިމެނިގެންނެވެ.

ނަސްރާ ހިމެނޭ ފީފާގެ މި ކޮމިޓީގެ ޑެޕިއުޓީ ޗެއާޕާސަން އަކީ އާޖެންޓީނާގެ ލެޖެންޑަރީ ފުޓްބޯޅަ ތަރި، ޖަވިއޭ ޒަނެޓީ އެވެ. ޗެއާޕާސަނަކީ މިޔަންމާގެ ޒޯޒޯ އެވެ. ދެން ކޮމިޓީގައި އާންމު މެމްބަރުންގެ ގޮތުގައި، ނަސްރާ ހިމެނޭ ގޮތަށް، 20 މެމްބަރުން ތިބެ އެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ނޯމަލައިޒިން ކޮމިޓީގެ މެމްބަރު އިސްމާއިލް ސިމަން އާއި ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް މެޗު ކޮމިޝަނަރު، އަބްދުލް ހަމީދު އަބްދުލް ގަފޫރު (އައްޑޯ)، ސާފްގެ މުހިންމު ކޮމިޓީތަކަކަށް ވަނީ އިންތިހާބުވެފަ އެވެ.

އެ ގޮތުން، އައްޑޯ އިންތިހާބުވެފައިވަނީ ސާފްގެ އެޕީލްސް ކޮމިޓީގެ މެމްބަރު ކަމަށެވެ. އަދި، ސިމަން ވަނީ ސާފްގެ ޑިސިޕްލިނަރީ އެންޑް އެތިކްސް ކޮމިޓީގެ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމަށް އިންތިހާބުވުމުގެ އިތުރުން، އިލެކްޓޯރަލް ކޮމިޓީގެ މެމްބަރު ކަމަށް ވެސް އިންތިހާބުވެފަ އެވެ.