Advertisement

18 އަހަރު ފަހުން ކަޕް ވިނާސް ކަޕް ރާއްޖޭގެ ފުޓްބޯޅަ ކަލަންޑަރަށް

about 1 hour 0


18 އަހަރު ފަހުން ކަޕް ވިނާސް ކަޕް ރާއްޖޭގެ ފުޓްބޯޅަ ކަލަންޑަރަށް

about 1 hour 0

ރާއްޖޭގެ ފުޓްބޯޅައިގައި ކުރިން ފޯރިގަދަކޮށް ކުރިއަށްގެންދިޔަ އެއް މުބާރާތް ކަމަށްވާ ކަޕް ވިނާސް ކަޕް ފުޓްބޯޅަ މުބާރާތް އަލުން ފަށަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކަލަންޑަރުގައި ހިމަނައިފި އެވެ.

އެންމެ ފުރަތަމަ ކަޕް ވިނާސް ކަޕް ބޭއްވީ މީގެ 31 އަހަރު ކުރިން، 1995 ވަނަ އަހަރު އެވެ. ކަޕް ވިނާސް ކަޕްގެ 11 މުބާރާތް ބޭއްވުމަށް ފަހު، 2009 އިން ފެށިގެން އެ މުބާރާތް ކުޅެފައިނުވެ އެވެ. އެފްއޭއެމް އިން ކުރިއަށް އޮތް ސީޒަނަށް ކަލަންޑަރު ފާސްކުރިއިރު، ކަޕް ވިނާސް ކަޕް ވަނީ އަލުން ހިމަނައިފަ އެވެ. އެހެންކަމުން، 18 އަހަރުގެ މެދުކެނޑުމަކަށް ފަހު، އަނެއްކާވެސް ކަޕް ވިނާސް ކަޕްގެ އެނބުރި އައުން މި ވަގުތު މި އޮތީ ކަލަންޑަރުގައި ހިމަނައިފަ އެވެ.

"އަދަދު ސްޕޯޓްސް" އަށް އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ، އަހުމަދު ޒަރީރު، ވިދާޅުވީ، ވިސްނުމަކީ ކުރިން ވެސް ކުރިއަށްގެންދިޔަ ގޮތަށް ފޯރިގަދަކޮށް މި މުބާރާތް ބޭއްވުން ކަމަށެވެ. އަދި، މުބާރާތުގެ ފޯމެޓް އެކުލަވާލާނެ ގޮތެއް ކަނޑައެޅިގެންދާނީ ފަހުން ކަމަށާއި ބޭނުންވަނީ ޓީމުތަކަށް ވާދަވެރި ރޫހެއްގައި ކުރިއަށްދިއުމަށްޓަކައި ކުރިން ވެސް އޮތް މި ފަދަ މުބާރާތްތައް ގެނެސްދިނުން ކަމަށް ޒަރީރު ވަނީ ވިދާޅުވެފަ އެވެ.

އެންމެ ފަހުން، 2008 ވަނަ އަހަރު ބޭއްވި ކަޕް ވިނާސް ކަޕްގެ ޗެމްޕިއަންކަން ހޯދި ނިއު ރޭޑިއަަންޓް ސްޕޯޓްސް ކްލަބުންނެވެ. މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ، ހަ ފަހަރު ތަށި ހޯދާފައިވާ ކްލަބް ވެލެންސިއާ އެެވެ.

މީގެ ކުރިން، ކަޕް ވިނާސް ކަޕް ބާއްވާފައިވަނީ ސީޒަން ފަށާއިރު ބާއްވާ މުބާރާތެއްގެ ގޮތުގަ އެވެ. ފަހުން، އެ މުބާރާތުގެ ބަދަލުގައި، އެފްއޭއެމް ޗެރިޓީ ޝީލްޑް މެޗު ކުޅެން ފެށި އެވެ. ކުރިއަށް އޮތް ސީޒަނަށް އެފްއޭއެމް ޗެރިޓީ ޝީލްޑް މެޗުގެ އިތުރުން ކަޕް ވިނާސް ކަޕާއި ދިވެހި ޕްރިމިއާ ލީގާއި ޕްރެޒިޑެންޓްސް ކަޕްގެ އިތުރުން އެފްއޭ ކަޕް ވެސް ވަނީ ހިމަނައިފަ އެވެ.