Advertisement

ލެވަންޓޭ ބަލިކޮށް ފުރުސަތުގެ ބޭނުންހިފައި ބާސެލޯނާ އެއް ވަނަ އަށް

about 2 hours 0


ލެވަންޓޭ ބަލިކޮށް ފުރުސަތުގެ ބޭނުންހިފައި ބާސެލޯނާ އެއް ވަނަ އަށް

about 2 hours 0

މެޑްރިޑް (ފެބްރުއަރީ 23) - ސްޕެނިޝް ލީގުގައި ރޭ ލެވަންޓޭ އަތުން 3-0 އިން މޮޅުވެ، ބާސެލޯނާ އިން ލީގު ތާވަލުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

މި މެޗުގެ ކުރިން އެންމެ ފަހުން ދެ މެޗުން ވެސް ބަލިވެފައި އޮތް ބާސެލޯނާ އިން މި ވަނީ މި ހަފްތާގައި ވާދަވެރި ރެއާލް ކުޅުނު މެޗުން ބަލިވުމުގެ ފައިދާނަގައިފަ އެވެ. ރެއާލުން މި ހަފްތާގައި ވަނީ 2-1 އިން އޮސަސޫނާ އަތުން ބަލިވެފަ އެވެ. ބާސެލޯނާ އިން އެންމެ ފަހުން ކުޅުނު މެޗުތަކަށް ބަލާއިރު، ސްޕެނިޝް ކަޕްގައި އެތުލެޓިކޯ މެޑްރިޑް އަތުން އަދި ލީގުގައި ޖިރޯނާ އަތުން ބަލިިވި އެވެ.

ރޭގެ މޮޅާ އެކު، ލީގު ތާވަލުގެ އެއް ވަނަ އަށް ބާސެލޯނާ އިން ޖެހިލީ 25 މެޗުން 61 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ރެއާލަށް ވަނީ 25 މެޗުން 60 ޕޮއިންޓް ލިބިފަ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ބާސެލޯނާ އިން ވަނީ ހަތަރު ވަނަ މިނިޓްގައި އެރިކް ގާސިއާ ދިން ބޯޅައަކުން މާކް ބެނާލް ޖެހި ގޯލާ އެކު ލީޑެއް ނަގައިފަ އެވެ. އެހާ ކުރީކޮޅުގައި ލަނޑެއް ޖެހި މެޗުގެ ކޮންޓްރޯލް ނަގަން ބާސެލޯނާ އަށް ފުރުސަތު ލިބުމާއެކު، ލެވަންޓޭ އަށް މެޗުގައި .ކުރިއަށްދިއުމަށް ދަތިތަކާ ކުރިމަތިލާން ޖެހުނެވެ.

ފުރަތަމަ ހާާފު ނިމުމުގެ ކުރިން، މެޗުގެ 32 ވަނަ މިނިޓްގައި ޖާއޯ ކަންސޭލޯ ނެގި ބޯޅައަކަށް އަރައި، ފްރެންކީ ޑި ޔޯން ވަނީ ބާސެލޯނާގެ ލީޑުފުޅާކޮށްދީފަ އެވެ. ކަންސޭލޯ ވަނީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ލެވަންޓޭއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅޭ މެޗުތަކުގައި ސައްތަ އިން ސައްތަ ރެކޯޑެއް އޮތް ބާސެލޯނާ އިން މެޗުގައި ޖެހި ފަސް ވަނަ ގޯލު 81 ވަނަ މިނިޓްގައި ކާމިޔާބުކުރީ ފާމިން ލޮޕޭޒް އެވެ. ލަމީން ޔަމާލް ދިން ބޯޅައެއް ކޮންޓްރޯލް ކުރުމަށް ފަހު، އޭރިއާބޭރުން ލޮޕޭޒް ފޮނުވާލި ބާރު ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ.

ލެވަންޓޭގެ ކީޕަރު މެޓް ރަޔާން ވަނީ، ބާސެލޯނާ އިން ހަތަރު ވަނަ ލަނޑެއް ޖަހަން ފޮނުވާލި ހަމަލާތައް ހުއްޓުވައިފަ އެެވެ.