Advertisement

ލެކްނޯ، ދިވެހިންނާއެކު ފަހުރުވެރި 25 އަހަރު: ކަސްޓަމަރުންނާއި ބައިވެރިންގެ އަގު ވަޒަންކޮށްފި

ރާއްޖޭގެ ބާޒާރުގައި ލެކްނޯ ވިއްކާތާ 25 އަހަރު ފުރުން ފާހަގަ ކުރުމަށް މި މަހުގެ 15 ވަނަ ދުވަހު ހޮޓެލް ޖެންގައި ބޭއްވި އިންވެންޓު. -- ފޮޓޯ: އެމްޔޫ ސްޓޯރު


ލެކްނޯ، ދިވެހިންނާއެކު ފަހުރުވެރި 25 އަހަރު: ކަސްޓަމަރުންނާއި ބައިވެރިންގެ އަގު ވަޒަންކޮށްފި

ދުނިޔޭގެ މަޝްހޫރު ޖޫސް ބްރޭންޑެއް ކަމަށްވާ "ލެކްނޯ" ރާއްޖޭގެ ބާޒާރަށް ތައާރަފުކުރިތާ 25 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކޮށްފި އެވެ.

މި ތާރީހީ ކާމިޔާބު ފާހަގަކުރުމަށްޓަކައި ފެބްރުއަރީ 15، 2026 ގައި، ހޮޓެލް ޖެންގައި ހާއްސަ އިވެންޓެއް ބާއްވައި، ވޭތުވެދިޔަ 25 އަހަރު ދުވަހު ލެކްނޯއަށް އެއްބާރުލުން ދިން ކަސްޓަމަރުންނާއި، ވިޔަފާރީގެ ބައިވެރިން އަދި ކީ-ކްލައިންޓުންގެ އަގު ވަނީ ވަޒަންކޮށްފަ އެވެ.

މި ހަފުލާގައި ބައިވެރިވުމަށް ލެކްނޯ ދުބާއީގެ އިސް މަންދޫބުންގެ ވަފުދެއް ޒިޔާރަތްކުރި އެވެ. މިއީ ބްރޭންޑާއި ރާއްޖޭގެ މާކެޓާ ދެމެދު އޮތް ވަރުގަދަ ގުޅުން ރަމްޒުކޮށްދިން ކަމެއް ކަމަށް، ލެކްނޯ ރާއްޖެއަށް އެތެރެކޮށް ވިއްކާ، އެމްޔޫ ސްޓޯރުން ބުންޏެވެ.

މި ހަފުލާގެ ތެރެއިން ލެކްނޯގެ ބައިނަލްއަގުވާމީ ކުރިއެރުމާއި، ބްރޭންޑްގެ ދަތުރު އަދި ރާއްޖޭގެ ބާޒާރަށް އެ ބްރޭންޑް ތައާރަފްވެ، މިއަދާ ހަމައަށް އައި ގޮތުގެ ޕްރެޒެންޓޭޝަނެއް ދެއްކި އެވެ.


މި ވޭތުވެދިޔަ 25 އަހަރުގެ ތެރޭގައި ލެކްނޯއަށް ރާއްޖޭގެ ބާޒާރުގައި ލިބިފައިވާ ބޮޑު ކާމިޔާބީއަކީ އެ ބްރޭންޑަށް ކަސްޓަމަރުން ކުރާ އިތުބާރު ކަމަށާއި އެހެންވެ، ބްރޭންޑްގެ ކުރިއެރުމުގައި އެންމެ ބޮޑު ހިއްސާއެއްވި ފަރާތްތަކަށް ހާއްސަ އެވޯޑު ދިނެވެ.

ރާއްޖޭގައި ލެކްނޯގެ ރަސްމީ ޑިސްޓްރިބިއުޓަރުކަން ކުރާ އެމްޔޫ ސްޓޯރާއި ލެކްނޯއާ ދެމެދު އޮތް ގާތް ގުޅުންވެސް ވަނީ މި އިވެންޓުގައި ފާހަގަކޮށްފައެވެ.

އެމްޔޫ ސްޓޯރުން މާކެޓް ފުޅާކުރުމަށް ކުރާ މަސައްކަތްތަކަށް ތައުރީފުކޮށް، ކުރިއަށް އޮތް ތަނުގައިވެސް އާ އުފެއްދުންތަކާއި އީޖާދީ ހިދުމަތްތަކާއެކު ރާއްޖޭގެ ކަސްޓަމަރުންނާ ގާތުން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ލެކްނޯ ކުންފުނިން ވަނީ ދީފައެވެ.