ބަރަކާތްތެރި ރަމަޟާން މަހުގެ ބާއްޖަވެރި ދުވަސްތަކާ ކުރިމަތިލާއިރު، ކޮންމެ ބަދިގެއަކަށްވެސް އެންމެ މުހިންމުވާނީ ކެއްކުމުގެ މަސައްކަތް ލުއިކޮށްދޭ، ރަހަ މީރު އިތުބާރު ހުރި ބާވަތްތަކެވެ. މި އަހަރުގެ ރޯދަ މަހުގެ ސުފުރާތައް ފަޅުފިލުވައިލުމަށް ބޭނުންވާ އެންމެ ފެންވަރު ރަނގަޅު އުފެއްދުންތައް އެމްޔޫ ސްޓޯރުން ލިބެން އެބަ ހުއްޓެވެ.
ޕާކިސްތާނާއި އިންޑިއާގެ ސަގާފީ ރަހަތައް އެކުލެވޭ ޑޯސްޓޯރީ ބްރޭންޑުގެ ފްރޯޒަން ބާވަތްތަކަކީ މިފަހަރުގެ ރޯދަ މަހުގެ ބަދިގޭގެ އެންމެ ގާތް އެކުވެރިޔާއަށް ހެދިދާނެ އެވެ. މި ބްރޭންޑުގެ އުފެއްދުތަކުގެ ތެރޭގައި ރޮގްނީ ނާން، ޗަޕާތީ އަދި ޕަރާޓާ، ހޭޝްބަރައުން، ވެޖް ސަމޯސާ، ޕަފް ޕޭސްޓްރީ، ވެޖީ ނަގެޓު، ތަފްތާން، ހިމެނެ އެވެ.
ތަރުކާރީ ސަމޯސާ، ވެޖީ ނަގެޓްސް އަދި ހޭޝްބްރައުންސް އަކީ ކުދިބޮޑު އެންމެންނަށް ކަމުދާނެ މީރު ހެދިކާތަކެވެ. އަދި އަމިއްލައަށް ތަފާތު ވައްތަރުގެ ފޮނި އަދި ކާ އެއްޗެހި ތައްޔާރުކުރުމަށް ޕަފް ޕޭސްޓްރީ އަކީ ކޮންމެހެން ހޯދަންޖެހޭ އެއްޗެކެވެ.
ރޯދަވީއްލުމުގެ މައިގަނޑު ކެއުމަށް ޓައިސަން ބްރޭންޑުގެ ބާބަކިއު ރޯސްޓެޑް ޗިކެއް އަދި ކްލެސިކް ފްރައިޑް ޗިކެން އަކީ ރަހަ މީރުވެފައި ތައްޔާރު ކޮށްލަން އެންމެ ފަސޭހަ އުފެއްދުމެވެ. ފުރިހަމައަށް ކައްކާފައިވާ މި ކުކުޅު، ހަމައެކަނި ހޫނު ކޮށްލުމުން ސުފުރާގެ ފުރިހަމަކަން އިތުރުކޮށްދޭނެއެވެ.
މީގެ އިތުރުން، ކުޑަކުދިންގެ މެދުގައި މަގުބޫލު އީކޯފްރޮސްޓުގެ ތެލުލި ބާވަތްތައް ކަމަށްވާ އޮނިއަން ރިންގްސް، ވެޖެސް އަދި ކްރިންކަލް ކަޓް ފްރައިސްއަކީ ކޮންމެ ސުފުރާއަކަށްވެސް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ ސައިޑް ޑިޝްތަކެކެވެ.
ރޯދަ މަހުގެ ސުފުރާގައި އެންމެ ހާއްސަ އެއް ބަޔަކީ ތަފާތު ވައްތަރުގެ ފޮނި ކާތަކެއްޗާއި މީރު ބުއިންތަކެވެ. ގޯލްޑް ފާމް ގެރިކިރަކީ އޭގެ މުއްސަނދި ކްރީމީ ރަހައިގެ ސަބަބުން ކަސްޓަޑް، ޕުޑިން އަދި ފުރުޓް ސެލަޑް ފަދަ ބާވަތްތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ އެއްޗެކެވެ. ބޭނުންކުރަން ފަސޭހަވުމުގެ އިތުރުން، މިއީ ބަޖެޓަށް ބުރަ ނުވާނެ ހެޔޮ އަގެއްގައި ލިބެން ހުރި ކޮލިޓީ އުފެއްދުމެކެވެ.
ޒަމާނުއްސުރެ ދިވެހިންގެ މެދުގައި މަގުބޫލު ޕާލޭ މާރީ ބިސްކޯދަކީ ހަމައެކަނި ސައިބޯން ބޭނުންކުރާ އެއްޗެއް ނޫނެވެ. ރޯދަ މަހުގެ ރޭގަނޑުގެ ވަގުތުތަކުގައި ކަޅުސައި ތައްޓަކާއެކު އިންސާފުކޮށްލުމުގެ އިތުރުން، މިއީ ތަފާތު ވައްތަރުގެ "ލޭޔަޑް ޑެޒަޓް" ތަކާއި ޕުޑިން ތައްޔާރުކުރުމަށް އެންމެ އެކަށޭނަ ބިސްކޯދެވެ. ހަށިގަނޑަށް ލުއި، އަދި ހަކަތަ ފޯރުކޮށްދޭ މި ބިސްކޯދަކީ ކޮންމެ ގެއެއްގެވެސް ރޯދަ މަހުގެ ޝޮޕިން ލިސްޓުގައި ހިމަނަންޖެހޭ މުހިންމު ބާވަތެކެވެ.
ރޯދަ މަހު ތެލުލާ ބާވަތްތައް ގިނަވުމަކީ ސިއްހަތަށް ބަލާ މީހުން ކަންބޮޑުވާ ކަމެކެވެ. ނަމަވެސް އޮލިޓާލިއާ އޮލިވް އޮއިލް ބޭނުންކުރުމުން މި ކަންބޮޑުވުމަށް ހައްލެއް ލިބެއެވެ. މިއީ މަތީ ހޫނުމިނުގައި ތެލުލުމަށާއި ކެއްކުމަށް ހާއްސަކޮށް އުފައްދާފައިވާ ތެލެކެވެ. ކާތަކެތީގެ އަސްލު ރަހަ ނުގެއްލި، އިތުރު މީރުކަމެއް ގެނެސްދޭ މި ތެލަކީ ބަޖީޔާ، ގުޅަ އަދި އެކި ކަހަލަ ކާނާ ތައްޔާރުކުރުމަށް އެންމެ ފެންވަރު ރަނގަޅު އިހުތިޔާރެވެ.
ބަރަކާތްތެރި ރަމަޟާން މަސް ފަށާއިރު، ކޮލިޓީއަށް އިސްކަންދީގެން މި ބާވަތްތައް އިހުތިޔާރު ކުރައްވާށެވެ.
އެމްޔޫ ސްޓޯރުން އެތެރެކޮށް މާކެޓްކުރާ މި ހުރިހާ ބާވަތްތަކެއް މިހާރު ރާއްޖޭގެ ބޮޑެތި ފިހާރަތަކުންނާއި އެމްޔޫ ސްޓޯރުގެ އައުޓްލެޓްތަކުން ލިބެން ހުންނާނެއެވެ. މި އަހަރުގެ ރޯދަ މަސް ފަސޭހަ، މީރު އަދި ފުރިހަމަ މަހަކަށް ހެއްދެވުމަށް، މި އުފެއްދުންތައް އިހުތިޔާރު ކުރާށެވެ.
މީގެ އިތުރުން ވެސް އެމްޔޫ ސްޓޯރުން ކެއްކުމަށާއި ކެއުމަށް ބޭނުންވާ ގިނަ ބާވަތްތަކެއް ލިބެން އެބަ ހުއްޓެވެ. އެމްޔޫ ސްޓޯރުގެ އުފެއްދުންތައް މާލެ އާއި ރަށްރަށުގެ ފިހާރަތަކުން ވެސް ލިބޭނެ އެވެ.
Comment