Advertisement

ކްރިކެޓް ކާނިވަލް: އޯޕަން މުބާރާތުގެ ފުރަތަމަ މޮޅު ޑީއެސްސީ އާއި ސަންކުއިކްލިލީ އަށް

20 ފެބުރުވަރީ 2026 - 15:17 0


ކްރިކެޓް ކާނިވަލް: އޯޕަން މުބާރާތުގެ ފުރަތަމަ މޮޅު ޑީއެސްސީ އާއި ސަންކުއިކްލިލީ އަށް

20 ފެބުރުވަރީ 2026 - 15:17 0

ރޯދަ މަހު ކުރިއަށްދާ ކްރިކެޓް ކާނިވަލްގެ އޯޕަން މުބާރާތުގެ ފުރަަތަމަ މެޗުތައް އިއްޔެ ކުޅެވުނުއިރު، ފުރަތަމަ މެޗުތަކުން ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ) އާއި ސަންކުއިކް މޮޅުވެއްޖެ އެވެ.

ކްރިކެޓް ކާނިވަލްގެ ތެރެއިން ކުރިއަށްދާ ތިން މުބާރާތަށް ބަލާއިރު، އިއްޔެ ފެށީ އޯޕަން މުބާރާތެވެ. އެ މުބާރާތް އިއްޔެ އިން ފެށިގެން އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާއިރު، މި މުބާރާތުގައި 13 ޓީމެއް ވާދަކުރެ އެވެ.

އިއްޔެ ކުޅުނު ފުރަތަމަ މެޗުން ކަރުދާސް ކްރިކެޓް ކްލަބް އަތުން ސިފައިން މޮޅުވީ އަށް ވިކެޓުންނެވެ. މެޗުގައި ކަރުދާސް ކްރިކެޓް ކްލަބުން 8 އޯވަރުގެ ތެރޭގައި އެއް ކުޅުންތެރިއަކު ނުބައިވެގެން 123 ލަނޑު ހެދިިއިރު، ސިފައިން ވަނީ ހަ އޯވަރުގެ ތެރޭގައި، 127 ލަނޑު ހަދައި މެޗުން މޮޅުވެފަ އެވެ. ދެ ވަނަ މެޗުގައި ކިންޒާ ކެފޭ ޓީމު އަތުން ސަންކުއިކް ލިލީ މޮޅުވީ 93 ލަނޑުންނެވެ. އެ ގޮތުން، އަށް އޯވަރުގެ ތެރޭގައި ކިންޒާ އަށް ހަތަރު ކުޅުންތެރިން ނުބައިވެގެން ހެދުނީ 96 ލަނޑެވެ. އަދި، ސަންކުއިކް ލިލީން ވަނީ އަށް އޯވަރުގެ ތެރޭގައި ދެ ކުޅުންތެރިން ނުބައިވެގެން 189 ލަނޑު ހަދައިފަ އެވެ.

ކްރިކެޓް ކާނިވަލްގެ ފުރަތަމަ މުބާރާތް އޯޕަން ބައި ނިމުމުން، އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ފަށާނީ ހަ ޓީމު ވާދަކުރާ އޮފީސް މުބާާރާތެވެ. އެ މުބާާރާތް އޮތީ މާޗް 4-9 އަށެވެ. އަދި، އެ އަށް ފަހު، ކޮމްޕެނީ މުބާރާތް ފަށާނީ ނުވަ ވަނަ ދުވަހު އެވެ. ޖުމްލަ އެކު، 12 ޓީމެއް މި މުބާާރާތުގައި ކުޅޭނެ އެވެ. އަދި، ފައިނަލް މެޗު އޮތީ މާޗް 16 ވަނަ ދުވަހު އެވެ.