22 މާރިޗު 2025 - 07:06 0
22 މާރިޗު 2025 - 07:06 0
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން ކޮންމެ ރޯދަ މަހެއްގައި ބާއްވާ ކްރިކެޓް ކާނިވަލްގެ އޮފީސް މުބާރާތުގެ ތަށި، ދިވެހި ސިފައިންގެ ކްލަބުން ހޯދައިފި އެެވެ.
ކްރިކެޓް ކާނިވަލުގެ މުބާރާތްތަކުގެ ތެރެއިން މި އަހަރުގެ އޮފީސް ތަކަށް ހުޅުވާލާގެން ބޭއްވި މި މުބާރާތުގެ ޗެމްޕިއަންކަން ސިފައިންގެ ޓީމުން ހޯދީ ފައިނަލުގައި ކަސްޓަމްސް ރެކްރިއޭޝަން ކުލަބާއި ބައްދަލުކޮށް 7 ވިކެޓުން މެޗު ކާމިޔާބު ކޮށްގެންއެވެ.
އިއްޔެ ހަވީރު ކުޅިވަރު އެކުވެނީގައި ކުޅުނު ފައިނަލުގައި، ޓޮސް ދިމާވުމުން ކަސްޓަމްސް ގަސްދުކުރީ ކުޅެން އަރާށެވެ. އެ ގޮތުން، އެ ޓީމުން، ކުޅެންއަރައި އަށް އޯވަރު ހަމަވިއިރު ހަތް ކުޅުންތެރިން ނުބައިވެގެން ހެދުނީ 107 ލަނޑެވެ. އެ ޓީމުން، ފައިސަލް އަބްދުލް ސައްތާރު 29 ލަނޑު ހެދިއިރު، މި އިނިންގްސްގައި، އަބްދުﷲ ސާހިދު (ޝާޑު) ތިން ވިކެޓް، އިސްމާއިލް ނާސިދު ދެ ވިކެޓް ނެގި އެވެ.
ޖަވާބުގައި ކުޅެން އަރައި، ސިފައިންގެ ކްލަބުން ހަތް ވަނަ އޯވަރުގައި 109 ލަނޑު ހަދައި މެޗު ކާމިޔާބުކުރިއެވެ. އެ ޓީމުން އެންމެ އެންމެ ރަނގަޅަށް ކުޅުނީ 34 ލަނޑު ހެދި ޝާޑު އާއި 27 ލަނޑު ހެދި އިސްމާއިލް ނާޝިދު އެެވެ.
މުބާރާތުގެ އެންމެ ގިނަ ލަނޑާއި ވިކެޓް ނަގާފައިވަނީ ޝާޑު އެވެ. އަދި އެންމެ ގިނަ ކެޗް ހިފާފައިވަނީ، އެ ޓީމުގެ ނާޝިދު އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment