ރަމަޟާން ކްރިކެޓް ކާނިވަލް ފެށިގެން ކުރިއަށް

2 މާރިޗު 2025 - 09:05 0

ކުރިން އަހަރެއްގެ ރަމަޟާން ކްރިކެޓް ކާނިވަލްގެ މެޗެއްގެ ތެރެއިން.--- ފޮޓޯ: އަދަދު ފައިލް ފޮޓޯ


ރަމަޟާން ކްރިކެޓް ކާނިވަލް ފެށިގެން ކުރިއަށް

2 މާރިޗު 2025 - 09:05 0

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން ކޮންމެ އަހަރެއްގައި ބާއްވާ ރަމަޟާން ކްރިކެޓް ކާނިވަލްގެ ކުޅުން އިއްޔެ ފެށިއްޖެ އެވެ.

މި އަހަރުގެ ކްރިކެޓް ކާނިވަލްގައި އޯޕަން ކެޓަގަރީގައި 12 ޓީމު ވާދަކުރާއިރު، ސަރުކާރު އޮފީސްތަކުގެ ކެޓަގަރީގައި ހަ ޓީމު އަދި ކޮމްޕެނީ ކެޓަގަރީގައި 10 ޓީމެއް ވާދަކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

އިއްޔެ ހަވީރު ކުޅުނު އޯޕަން މުބާރާތުގެ ފުރަތަމަ މެޗް މީރާއާ ކުޅެގެން ޑީއެސްސީ ވަނީ 43 ލަނޑުން މެޗު ކާމިޔާބުކޮށްފަ އެވެ. މި މެޗުގައި، ޑީއެސްސީން އަށް އޯވަރުގެ ތެރޭގައި އެންމެ ކުޅުންތެރިން ނުބައިވެގެން 120 ލަނޑު ހެދި އެވެ. އެ ޓީމުން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، 34 ލަނޑު ހެދި އިސްމާއިލް ނާޝިދު އެވެ. ޖަވާބުގައި ކުޅެން އަރައި، މީރާ އިން އަށް އޯވަރު ހަތަރު ކުޅުންތެރިން ނުބައިވެގެން ހެދުނީ 77 ލަނޑެވެ. އެ ޓީމުގެ، އަލީ މުއާޒު 16 ލަނޑު ހެދިއިރު، ޑީއެސްސީގެ އަހުމަދު ތޮލާލް ތިން ވިކެޓް އާއި އަހުމަދު ރަސީދު ދެ ވިކެޓް ނެގި އެވެ.

އިއްޔެ ދެ ވަނަ މެޗުގައި ހަފްލާން އަތުން އަށް ވިކެޓުން އެވިއާ މޯލްޑިވްސ މޮޅުވި އެވެ. މި މެޗުގައި، ހަފްލާނުން އަށް އޯވަރުގެ ތެރޭގައި، އެންމެ ކުޅުންތެރިން ނުބައިވެގެން 85 ލަނޑު ހެދި އެވެ. އެ ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދައްކައިދިނީ، 34 ލަނޑު ހެދި އިސްމާއިލް އަލީ އެވެ. ޖަވާބުގައި ކުޅެން އަރައި،

އެވިއާ މޯލްޑިވްސް 5.4 އޯވަރު އެންމެ ކުޅުންތެރިއެއްވެސް ނުބައިނުވެ 90 ލަނޑު ހަދައި މެޗުން މޮޅުވި އެވެ. އެ ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދައްކައިދިނީ، 34 ލަނޑު ހެދި، ސިއުސް ފަރީދެވެ.

ކުޅިވަރު އެކުވެނި ކްރިކެޓް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި މިއަދު ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އޭއާރްސީ އާއި ކިންޒާ ކެފޭ އެވެ. ދެ ވަނަ މެޗުގައި ކޭޑީއެމުން ކުޅޭނީ ޓޭޕް 8 ބޯލްއާ ދެކޮޅަށެވެ.