Advertisement

އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑިއްޖެ

20 ފެބުރުވަރީ 2026 - 13:45 3

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑިއްޖެ

20 ފެބުރުވަރީ 2026 - 13:45 3

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިއްޖެ އެވެ.

އައްޑޫއަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ފެނަކަ ކޯޕަރޭޝަނުން ބުނީ ކަރަންޓު ކެނޑުނީ އިންޖީނަކަށް ދިމާވި މައްސަލައަކާ ގުޅިގެން ޕަވާ ހައުސް ޑައުންވެގެން ކަމަށެވެ.

"އިންޖީނަކަށް މައްސަލައެއް ދިމާވެ ޕަވާ ހައުސް ވަނީ ޑައުންވެފައި. އައްޑޫގެ ގުޅިފައިވާ ރަށްތަކުން މިވަގުތު ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި،" ފެނަކައިން ބުންޏެވެ.

ފެނަކައިން ބުނީ މައްސަލަ ހައްލުކޮށް ޕަވާ ހައުސް ލައިވް ކުރެވިފައިވާ ކަމަށެވެ. އެގޮތުން ކަރަންޓު އަނބުރާ ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުންޏެވެ.

މިދިޔަ ރޯދަ މަހުވެސް އައްޑޫ ސިޓީން ކަރަންޓުގެ ހިދުމަތް އެކި ފަހަރުމަތިން ކެނޑިފައިވެ އެވެ.

އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދޭނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް އެކަން އަދިވެސް ހައްލެއް ނުވެ އެވެ. އެގޮތުން ދޭތެރެދޭތެރެއިން ކަރަންޓު ކެނޑެ އެވެ.

މީގެއިތުރުން އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ފެނުގެ ހިދުމަތް ވެސް އެކަށީގެންވާ ގޮތެއްގައި ނުދެވި، އެ ހިދުމަތް ވެސް ދޭތެރެދޭތެރެއިން މެދުކެނޑެ އެވެ. އެކަން ވެސް ހައްލުކޮށްދޭނެ ކަމަށް ބުނެ ސަރުކާރުން މަޝްރޫއެއް އިއުލާންކުރި ނަމަވެސް، އެ މަޝްރޫއުގެ މަސައްކަތް މިހާތަނަށް ފެށިފައެއް ނުވެ އެވެ.