Advertisement

ފުރިހަމަ މޮޅަކާ އެކު ޕާކިސްތާނުން ޓީ20 ވޯލްޑް ކަޕްގެ ގަދަ 8 ގެ ފަހު ޖާގަ ހޯދައިފި

18 ފެބުރުވަރީ 2026 - 22:22 0


ފުރިހަމަ މޮޅަކާ އެކު ޕާކިސްތާނުން ޓީ20 ވޯލްޑް ކަޕްގެ ގަދަ 8 ގެ ފަހު ޖާގަ ހޯދައިފި

18 ފެބުރުވަރީ 2026 - 22:22 0

ކޮލަމްބޯ، ސްރީ ލަންކާ (ފެބްރުއަރީ 18) - ނަމީބިއާ އަތުން 102 ލަނޑުން ހޯދި ފުރިހަމަ މޮޅާ އެކު، ޕާކިސްތާނުން މިހާރު ކުރިއަށްދާ ޓީ20 ކްރިކެޓް ވޯލްޑް ކަޕްގެ ގަދަ 8 ޓީމު ވާދަކުރާ ބުުރުގެ ފަހު ޖާގަ ހޯދައިފި އެވެ.

ގަދަ އަށް ޓީމު ދެ ގްރޫޕަށް ބަހާލައިގެން ކުޅޭ "ސުޕަ 8" ބުރުގެ އެއް ވަނަ ގްރޫޕްގައި އޮތީ، އިންޑިއާ، ޒިމްބާބްވޭ، ވެސްޓް އިންޑީސް އަދި ދެކުނު އެފްރިކާ އެވެ. ގްރޫޕް ދޭއްގައި ޕާކިސްތާން ހިމެނެނީ، ސްރީ ލަންކާ، އިންގްލެންޑް އަދި ނިއު ޒީލެންޑާ އެކުގަ އެވެ.

ސްރީ ލަންކާގެ ސިންހަލީސް ސްޕޯޓްސް ކްލަބް ގްރައުންޑްގައި ކުޅުނު މެޗުގައި ޕާކިސްތާނަށް ޓޮސް ދިމާވުމުން ޕާކިސްތާނުން ނިންމީ ކުޅެން އެރުމަށެވެ.

އެ ގޮތުން، ޕާކިސްތާނުން 20 އޯވަރުގެ ތެރޭގައި، ތިން ކުޅުންތެރިން ނުބައިވިއިރު 199 ލަނޑު ހެދި އެވެ. މީގެ ތެރެއިން 100 ލަނޑު ހަދައި، ސައްތައެއް ފުރިހަމަކުރީ، ޝާހިބްޒާދާ ފަރްހާން އެވެ. އޭނާ ވަނީ 11 ބޯޅަ ހަތަރަކަށް އަދި ހަތަރު ބޯޅަ ހަޔަކަށް ޖަހައިފަ އެވެ. ޖަވާބުގައި ކުޅެން އަރައި، ނަމީބިއާ އިން 17.3 އޯވަރުގެ ތެރޭގައި ހުުރިހާ ކުޅުންތެރިން ނުބައިވިއިރު ހެދުނީ 97 ލަނޑެވެ. މި އިނިންސްގައި، ޕާކިސްތާނަށް ތަފާތު ދެއްކީ 3.3 އޯވަރަށް އުކައި، ހަތަރު ވިކެޓް ނެގި ބޯލަރު، އުސްމާން ތޯރިގު އެވެ. އަދި، އެ ޓީމުގެ ޝައްދާބް ހާން ވަނީ 4 އޯވަރަށް ތިން ވިކެޓް ނަގައިފަ އެވެ.

ގަދަ 8ގެ ބުރުގައި ޕާކިސްތާނުން ކުޅޭ ފުރަތަމަ މެޗުގައި އަންނަ ހޮނިހިރު ދުވަހު ބައްދަލުކުރާނީ ނިއު ޒީލެންޑާ އެވެ. ދެ ވަަނަ މެޗުގައި، އިންްގްލެންޑާ ކުޅުމަށް ފަހު، އެ ބުރު ނިންމާ މެޗުގައި، ލަންކާއާ ބައްދަލުކުރާނެ އެވެ.