16 ފެބުރުވަރީ 2026 - 18:22 0
ލީވާން އަލީ ނާސިރު
16 ފެބުރުވަރީ 2026 - 18:22 0
މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް ސީ ގިއާ ރޯދަ ކުއިޒްގައި އަގުހުރި އިނާމުތަކާއެކު ފެށުމަށް ތައްޔާރުވެއްޖެ އެވެ.
މޫދާ ގުޅުންހުރި އެކި ސާމާނު ފުޅާ ދާއިރާއެއްގައި ވިއްކާ ސީ ގިއާ އިން ބުނީ އެ ކުއިޒަކީ ތަފާތު ސުވާލުތަކާއި، ގޭމުތަކުގެ އިތުރުން ޝައުގުވެރި ޗެލެންޖުތަކެއް ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ ކުއިޒެއް ކަމަށެވެ.
މި ކުއިޒުގައި ބައިވެރިވެގެން ކޮންމެ ދުވަހަކު ވެސް އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު ވެސް ސީ ގިއާ އިން ވަނީ ހުޅުވާލާފަ އެވެ.
ސީ ގިއާ ރޯދަ ކުއިޒު ކުރިއަށް ދާނީ އެ ކުންފުނީގެ ރަސްމީ ފޭސްބުކް ޕޭޖުގަ އެވެ. އެ ކުއިޒުގައި ހިމެނޭ ސުވާލުތައް ބިނާކޮށްފައި ވަނީ ސީ ގިއާ އިން ވިއްކާ ތަފާތު އުފެއްދުންތަކުގެ މައްޗަށެވެ.
ކަސްޓަމަރުންނަށް މަޖާ މާހައުލެއްގައި އުފެއްދުންތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ މި ކުއިޒުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ކޮންމެ ދުވަހަކު ވެސް ގުރުއަތުން ހޮވޭ އެއް ފަރާތަކަށް ހާއްސަ އަގުހުރި އިނާމު ލިބެ އެވެ.
މީގެ އިތުރުން، ބައެއް ދުވަސްދުވަހު ކުއިޒްގެ ބައިވެރިން ނަގާފައިވާ ފޮޓޯ ހިއްސާކޮށްގެން ބައިވެރިވެވޭ ގޮތަށް ވެސް ކުއިޒުގެ ބައިތައް ވަނީ ރާވާފަ އެވެ.
މި ކުއިޒާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ސީ ގިއާގެ ސޯޝަލް މީޑިއާ ޕޭޖުތަކުން ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ކޮންމެ ދުވަހެއްގެ ކުއިޒްގައި ބައިވެރި ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގައި ބޮޑުއިނާމެއް ލިބުމުގެ ފުރުސަތު ވަނީ ހުޅުވާ ލެވިފަ އެވެ. އެގޮތުން ކުއިޒްގައި ބައިވެރިވެ ޖަވާބު ނުބައިވިޔަސް ބައިވެރިވެވޭނެ ކަމަށާއި އިނާމެއްގެ ގޮތުގައި އިންސްޓަ 360 ޕްރޯ ޑައިވް ބަންޑަލްއެއް ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ސީ ގިއާ އިން ވިއްކާ ތަކެތީގެ ތެރޭގައި މަސްވެރިކަމާއި، ޑައިވިން، މޫދު ކުޅިވަރު އަދި ކަނޑު އުޅަނދުފަހަރުގެ ރައްކާތެރިކަމާ ގުޅުން ހުރި އެންމެ ފަހުގެ ސާމާނުތައް ހިމެނެ އެވެ.
ސީ ގިއާ އިން ބުނީ މިފަދަ ހަރަކާތްތަކުގެ ސަބަބުން ކަސްޓަމަރުންނާ އޮންނަ ގުޅުން ބަދަހިވެ، އެ ކުންފުނިން ފޯރުކޮށްދޭ ހިދުމަތްތަކާއި ތަކެއްޗަށް އޮންނަ ހޭލުންތެރިކަން އިތުރުވެގެންދާނެ ކަމަށެވެ.
Comment