Advertisement

ބަންގްލަދޭޝްގެ އައު ބޮޑުވަޒީރު ހުވާ ކުރައްވާ ރަސްމިއްޔާތަށް މުއިއްޒުއަށް ދައުވަތު އަރުވައިފި

15 ފެބުރުވަރީ 2026 - 13:54 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ބަންގްލަދޭޝްގެ އައު ބޮޑުވަޒީރު ހުވާ ކުރައްވާ ރަސްމިއްޔާތަށް މުއިއްޒުއަށް ދައުވަތު އަރުވައިފި

15 ފެބުރުވަރީ 2026 - 13:54 0

ބަންގްލަދޭޝްގައި ބޭއްވި ޑިމޮކްރަޓިކް އިންތިހާބު ކާމިޔާބުކުރި ތާރިގު ރަހުމާން ބޮޑުވަޒީރުގެ މަގާމާ ހަވާލުވެވަޑައިގަންނަވާ ރަސްމިއްޔާތުގައި ބައިވެރިވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ދައުވަތު އަރުވައިފި އެވެ.

ރާއްޖެ ހިމެނޭހެން 13 ގައުމެއްގެ އެންމެ އިސްވެރިންނަށް އެ ރަސްމިއްޔާތުގައި ބައިވެރިވުމުގެ ދައުވަތު ބަންގްލަދޭޝް ސަރުކާރުން ވަނީ އަރުވާފަ އެވެ. އެ ދައުވަތު މުއިއްޒު ގަބޫލުކުރެއްވި ކަމެއް މިހާތަނަށް ދިވެހި ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.

ތާރިގަކީ މިދިޔަ އަހަރު އަވަހާރަވި ކުރީގެ ބޮޑުވަޒީރު ހާލިދާ ޒިޔާގެ ދަރިކަލުންނެވެ. އޭނާގެ ޕާޓީއަކީ ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އެވެ. އެ ޕާޓީން ވަނީ ގާނޫނު ހަދާ މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް އާންމު އިންތިހާބުގައި ކާމިޔާބުކޮށްފަ އެވެ.

ސަތާރަ އަހަރު އަރުވާލެވިގެން އިނގިރޭސިވިލާތުގައި އުޅުއްވުމަށްފަހު އެނބުރި ގައުމަށް ވަޑައިގެންނެވި ތާރިގު ރަހުމާން ވަނީ އޭނާގެ އަމިއްލަ ދާއިރާ ކަމަށްވާ ބޮގުރާ-6 ގެ ގޮނޑި ބޮޑު ތަފާތަކުން ކާމިޔާބުކުރައްވާފަ އެވެ.

ގާނޫނު ހަދާ މަޖިލީހުގެ ޖުމްލަ 299 ގޮނޑީގެ ތެރެއިން ބީއެންޕީ އާއި އެ ޕާޓީގެ އިއްތިހާދުން ވަނީ 211 ގޮނޑި ކާމިޔާބުކޮށްފަ އެވެ. މިއީ އެ މަޖިލީހުގެ ތިންބައިކުޅަ ދެބައި މެޖޯރިޓީއެކެވެ. ބީއެންޕީގެ މައިގަނޑު ވާދަވެރިޔާ ކަމަށް ބެލެވުނު ޖަމާއަތޭ އިސްލާމީ އިއްތިހާދަށް ލިބިފައިވަނީ 70 ގޮނޑިއެވެ. ބާކީ ހުރި ގޮނޑިތައް ކާމިޔާބުކޮށްފައިވަނީ މިނިވަން ކެންޑިޑޭޓުންނާއި އެހެނިހެން ކުދި ޕާޓީތަކުންނެވެ.