Advertisement

ވިހި ރުފިޔާ ނޫޓުތައް މަދުވެގެން، އާ ސްޓޮކެއް ގެނެސްފި

15 ފެބުރުވަރީ 2026 - 10:57 1

އަމަން ހަލީމް

އަމަން ހަލީމް


ވިހި ރުފިޔާ ނޫޓުތައް މަދުވެގެން، އާ ސްޓޮކެއް ގެނެސްފި

15 ފެބުރުވަރީ 2026 - 10:57 1

20ރ. ގެ ނޫޓުތައް މަދުވެގެން، އާ ސްޓޮކެއް ގެނެސްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފި އެވެ.

އެމްއެމްއޭއިން ބުނީ މި "ރަން ދިހަފަހެއް" ނޫޓު ސީރީޒްގެ 20ރ. ގެ ސްޓޮކު ގެނައީ މިއަދު ކަމަށެވެ. ނަމަވެސް ގެނައި ފައިސާގެ އަގެއް ނޫނީ އަދަދެއް ނުލިބެ އެވެ.

މި ފަހުން އެމްއެމްއޭއިން ވަނީ ރަން ދިހަފަހެއް ނޫޓު ސީރީޒްގެ 100ރ. ގެ ސްޓޮކް މަދުވެގެން، އެ ނޫޓުގެ އާ ސްޓޮކެއް ވެސް ގެނެސްފަ އެވެ. މި ހުރިހާ ނޫޓުތަކެއްގައި ޖަހާފައި ވަނީ މިހާރުގެ ގަވަރުނަރު އަހުމަދު މުނައްވަރުގެ ސޮޔެވެ.

މިދިޔަ އަހަރު ޖެނުއަރީ މަހު 100ރ. ގެ އައު ނޫޓުތައް ޗާޕުކުރުމަށްފަހު ދައުރު ކުރުމަށް ނެރުނެވެ. އެ ނޫޓުތަކުގައި ސޮއިކުރައްވާފައިވަނީ ކުރީގެ ގަވަރުނަރު އަލީ ހާޝިމެވެ. އާ ޗާޕުގެ 100ރ. ނޫޓުގެ ދެ ފަރާތުގައި ވެސް ދިވެހި ނިޝާން ޖަހާފައި ހުރެ އެވެ.

"ރަންދިހަ ފަހެއް" ގެ ނޫޓު ސީރީޒްގެ ފައިސާ ބޭނުންކުރަން ފެށީ 2016 ގަ އެވެ. މިހާރުގެ ނޫޓުތަކަކީ ކުރީގެ ނޫޓުތަކާ ހިލާފަށް ޕޮލިމާގައި ޗާޕުކޮށްފައިވާ ނޫޓުތަކެކެވެ.

ދިވެހި ރުފިޔާގެ ނޫޓުތަކުގެ ފަރުމާއަށް ދުނިޔޭގެ ސަމާލުކަން ލިބި، ރީތިކަމަށް ތައުރީފުލިބިފަ އެވެ. އެންމެ މަގުބޫލީ 1000ރ. ގެ ނޫޓުތަކެވެ.