ތިނަދޫ މޭޔަރު ސައުދު، އައްޑޫ މޭޔަރު ނިޒާރު، ކުޅުދުއްފުށީ މޭޔަރު އާތިފް އަދި ފުވައްމުލަކު މޭޔަރު އިސްމާއީލް
ސަރުކާރުން ލާމަރުކަޒީ ނިޒާމުގެ ބާރުތައް ކަނޑުވާލައި، މުޅި ރާއްޖެ އަލުން މަރުކަޒީ ބާރުވެރިކަމެއްގެ ދަށަށް ގެންދަން ކުރާ މަސައްކަތާ ދެކޮޅަށް ރާއްޖޭގެ ސިޓީތަކުގެ މޭޔަރުން ތެދުވެ، ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
އޭޕްރީލް 4 ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީ ކެމްޕޭން ފެށުމަށް އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި، މޭޔަރުން ވަނީ މި ސަރުކާރަށް ވޯޓު ނުދޭންވީ ސަބަބުތަކާއި، ލާމަރުކަޒީ ނިޒާމަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ތަފްސީލުކޮށްދެއްވާފައެވެ.
އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ، މި ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ހެޔޮ އެއްވެސް ބަދަލެއް ގެނެސްފައި ނުވާ ކަމަށެވެ. އޭގެ ބަދަލުގައި ފެންނަނީ ކައުންސިލްތަކުގެ ބާރުތައް ހަނިކޮށް، ބާރުތައް "ދަމައިގަންނަން" މަސައްކަތް ކުރާ މަންޒަރު ކަމަށް އޭނާ ވިދާޅުވި އެވެ.
Comment