Advertisement

ހުލާސާކޮށް އިއްޔެ: އެޕްސްޓީންއާ ބޭއްވި ގުޅުމުގެ މައްސަލައިގައި އިނގިރޭސި ރަސްގެފާނު ޗާލްސްގެ ކޮއްކޮ ހައްޔަރުކުރުން

20 ފެބުރުވަރީ 2026 - 07:47 0


ހުލާސާކޮށް އިއްޔެ: އެޕްސްޓީންއާ ބޭއްވި ގުޅުމުގެ މައްސަލައިގައި އިނގިރޭސި ރަސްގެފާނު ޗާލްސްގެ ކޮއްކޮ ހައްޔަރުކުރުން

20 ފެބުރުވަރީ 2026 - 07:47 0

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް އިން އާންމުކުރި، މަރުވެފައިވާ ކުށްވެރިޔާ ޖެފްރީ އެޕްސްޓީންއާ ގުޅޭ ފައިލްތަކުގެ މައްސަލާގައި އިނގިރޭސި ޝާހީ އާއިލާގެ އެންޑްރޫ މައުންޓްބެޓަން-ވިންޑްސާ (ކުރީގެ ޕްރިންސް އެންޑްރޫ) އިއްޔެ ހައްޔަރުކުރި އެވެ،

އިނގިރޭސި ގާނޫނު އޮންނަ ގޮތުން ފުލުހުންނަށް ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރާ މީހެއްގެ ވަނަވަރު އާންމެއް ނުކުރެވެ އެވެ. އެފަދަ މީހެއްގެ ވަނަވަރު އާންމުކުރަނީ ދައުވާ އުފުލުމަށް ފަހު އެވެ. އެ ގައުމުގެ މީޑިއާތަކުން ވަނީ މިއަދު ހައްޔަރުކުރީ އެންޑްރޫކަން ޔަގީންކޮށްދީފަ އެވެ.

ރާނީ އެލިޒަބަތުގެ ތިންވަނަ ދަރިފުޅު އެންޑްރޫ އަކީ ކިންގް ޗާލްސްގެ ކޮއްކޮ އެވެ. އޭނާއަކީ ރާނީ އެންމެ ލޯބިވި ދަރި ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް އެންޑްރޫ ގެންދިޔައިރު މިއަދަކީ އޭނާގެ އުފަން ދުވަހެވެ. އެންޑްރޫ އާއި ގުޅުން ހުރި ދެ ގެއެއް ބަލައިފާސްކޮށްފައިވާއިރު އޭނާ ޓްރޭޑް އެންވޯއިގެ ގޮތުގައި ހުރިއިރު އެޕްސްޓީންއާ ސިއްރު މައުލޫމާތުތައް ހިއްސާކުރި ކަމަށް ތުހުމަތު ކުރެވެ އެވެ.

އެންޑްރޫ ޓްރޭޑް އެންވޯއިއެއްގެ ގޮތުގައި ހަރަކާތްތެރިވީ ޓޯނީ ބްލެއާގެ ސަރުކާރުގަ އެވެ. އެޕްސްޓީންއާ އޮތް ގުޅުމުގެ ތެރެއިން އެއްވެސް ގޯސްކަމެއް ކޮށްފައި ނުވާ ކަމަށް އެންޑްރޫ އަބަދުވެސް ބުނެ އެވެ.

އެޕްސްޓީން ފައިލްސްތަކުގައި އެންޑްރޫ އާއި އެޕްސްޓީންއާ ދެމެދު ކޮށްފައިވާ ވަރަށް ގިނަ އީމެއިލް ހިމެނެ އެވެ. އޭގެ ތެރެއިން އެއް އީމެއިލަކީ 2009 ވަނަ އަހަރުގެ ނޮވެމްބަރު މަހު އައްޑޫ އަތޮޅުގެ ޝަންގްރިއްލާ ރިސޯޓުަގއި ޗުއްޓީ ހޭދަކުރަމުން ދަނިކޮށް އޭނާ ފޮނުވި އީމެއިލް އެކެވެ.

އިނގިރޭސި ރަސްގެފާނު ޗާލްސް ވަނީ އެންޑްރޫގެ "ޕްރިންސް" ލަގަބާއި ޝަރަފުތައް އަތުލާފައެވެ. އަދި ވިންޑްސާގައި ހުންނަ "ރޯޔަލް ލޮޖް" އިން އެންޑްރޫ ނުކުތްތައް ދުވަސްކޮޅެއް ވެއްޖެ އެވެ.

އެންޑްރޫ އާއި އެޕްސްޓީންގެ ގުޅުން

އޭގެ ތެރެއިން އެއް ފޮޓޯ ނަގާފައި ވަނީ އިނގިރޭސިވިލާތުގެ ނޯފޯކްގައި ހުންނަ ޝާހީ އާއިލާގެ ސޭންޑްރިންގްހަމް އެސްޓޭޓްގެ ސެލޫން ރޫމްގަ އެވެ. އެންޑްރޫ އޮތީ އަންހެން ކުދިންތަކެއްގެ އުނގުމަތީގައި ލޯ މަރާލައިގެން ހިނިތުންވެފައެވެ.

އޭނާގެ ފަހަތުގައި، ޖިންސީ ވަގުފާރީގެ ކުށް ސާބިތުވެ ޖަލަށްލާފައިވާ ގިލެއިން މެކްސްވެލް ހިނިތުންވެފައި އެންޑްރޫއަށް ބަލަހައްޓައިގެން ހުރެ އެވެ. ފޮޓޯގައި ހިމެނޭ އަންހެން ކުދިންގެ މޫނުތައް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމެންޓުން އާންމުކުރީ އެ ކުދިންގެ މޫނު ނޭނގޭ ގޮތް ހަދާފަ އެވެ.

އާންމުކުރި ފައިލްތަކުގައި އެންޑްރޫގެ ކުރީގެ އަނބިކަނބަލުން ސާރާ ފާގަސަންގެ ފޮޓޯތަކެއް ވެސް ވަނީ ހިމެނިފައެވެ. އެއް ފޮޓޯއަކުން އޭނާ ސޯފާއެއްގައި އިންނަ މަންޒަރު ފެންނައިރު، އޭނާގެ ކައިރީގައި ތިބި އަންހެނުންގެ މޫނު ވެސް ވަނީ ސިއްރުކޮށްފައެވެ. މީގެ އިތުރުން، އެޕްސްޓީންއަކީ އޭނާގެ "އެންމެ ގާތް އެކުވެރިޔާ" ކަމަށް ބުނެ ސާރާ ލިޔެފައިވާ އީމެއިލްތަކެއް ވެސް މީގެ ކުރިން ފެންމަތިވެފައިވެ އެވެ.

މުހިއްމު ބައެއް ހަބަރު