Advertisement

ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ގުރު ނަގައިފި


ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ގުރު ނަގައިފި

އަންނަ އެޕްރީލް 4، ގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުމުގެ ގުރުއަތުލުން މިއަދު ބާއްވައިފި އެވެ.

ކެންޑިޑޭޓުންގެ ގުރުއަތުލުން ކުރިއަށްގެންދިޔައީ މާލެ ސިޓީ ފިޔަވައި އެހެން ތަންތަނުގައި ކުރިއަށްގެންދިޔައީ ކައުންސިލް އިދާރާ ނުވަތަ ކައުންސިލް އިދާރާއިން ކަނޑައެޅި ތަނެއްގަ އެވެ. މާލެ ސިޓީގެ ގުރުއަތުލުން ކުރިއަށްގެންދިޔައީ އިންތިހާބާ ބެހޭ މަރުކަޒުގެ ޓްރެއިނިން ހޯލުގަ އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ކުރިމަތިލެއްވީ ޖުމްލަ ފަސް ކެންޑިޑޭޓުންނެވެ. އަދި މާލޭ ސިޓީގެ ޑަބްލިއުޑީސީގެ ރައީސަކަށް ތިން ކެންޑިޑޭޓުން ކުރިމަތިލެއްވި އެވެ.

މާލޭގެ މޭޔަރުކަމަށް ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރެވުނުގޮތް:

  1. އަހްމަދު އައިހަމް (އަމިއްލަގޮތުން)
  2. އިސްމާއިލް ޒަރިޔަންދު (އަމިއްލަގޮތުން)
  3. އާދަމް އާޒިމް (އެމްޑީޕީ)
  4. މޫސާ އަލީ ޖަލީލު (ޕީއެންސީ)
  5. އަބްދުﷲ މަހްޒޫމް މާޖިދު (އެމްޑީއޭ)

ޑަބްލިއުޑީސީއަށް ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރެވުނުގޮތް:

  1. އައިޝަތު އަލައިކާ އަދުނާނު (ޕީއެންސީ)
  2. މަރިޔަމް ޝިމާޒާ (އަދާލަތު ޕާޓީ)
  3. އައިޝަތު ރީޝާ (އެމްޑީޕީ)

ކައުންސިލް އިންތިހާބުގައި ޖުމްލަ 225 ދާއިރާއަކުން، ލޯކަލް ކައުންސިލްތަކާއި ޑަބްލިއުޑީސީއަށް މެންބަރުން އިންތިހާބުކުރުރުމަށް ވޯޓުލާން ޖުމްލަ 621 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ.

އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ 294،937 މީހުންނެވެ. އޭގެތެރެއިން 150،410 މީހުންނަކީ ފިރިހެނުން ކަމަށްވާއިރު، 144،527 މީހުންނަކީ އަންހެނުންނެވެ.