about 17 hours 0
about 17 hours 0
މިއުނިކް (ފެބްރުއަރީ 11) - ބަޔާން މިއުނިކަށް ކުޅެމުން އަންނަ އިނގިރޭސި ފޯވާޑް، ހެރީ ކޭންގެ ކޮންޓްރެކްޓް އާ ކުރަން އެ ކްލަބުން މަޝްވަރާތައް ފަށާފައިނުވި ނަމަވެސް، އާ އެއްބަސްވުމެއް ހެދޭނެ ކަމުގެ އިތުބާރު އެބައޮތް ކަމަށް ބަޔާންގެ ސްޕޯޓިން ޑިރެކްޓަރު، މެކްސް އެބާލް ބުނެފި އެވެ.
އުމުރުން 31 އަހަރުގެ ކޭން، ބަޔާނަށް ބަދަލުވެ، ތިން ސީޒަނުގެ ތެރޭގައި، މިހާތަނަށް ވަނީ 123 ގޯލު ޖަހައިފަ އެވެ. ކޭންއާ އެކު، މި ވަގުތު ބަޔާނުން ހަދާފައި އޮތް އެއްބަސްވުން އޮތީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެ އެއްބަސްވުމުގައިވާ ގޮތުން، މި އަހަރުގެ ޖޫންގެ ފަހުން، 78 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީ އަކަށް ކޭން އަށް އެހެން ކްލަބަކަށް ބަދަލުވުމުގެ ފުރުސަތު އޮތީ ފަހިކޮށެވެ.
ސައުދީ އަރަބިއްޔާ އާއި އެމެރިކާ އަދި އިނގިރޭސި ޕްރިމިއާ ލީގުގެ އިތުރުން، ސްޕެނިޝް ލީގުން ވެސް ކޭން އަށް އޮފާތަކެއް ލިބެމުން އަންނައިރު، ބަޔާނުން އަދި ރަސްމީކޮށް ކޭންގެ ކޮންޓްރެކްޓް އާ ކުރަން ވާހަކަތައް ނުފަށަ އެވެ.
"ވާހަކަތަކެއް ދެކެވޭ، އެކަމަކު މަޝްވަރާތަކެއް ނުފެށޭ ކޭންގެ އާ ޑީލާ މެދު. އަބަދުވެސް ގާތްގުޅުމެއް ކޭންއާ އެކު ބާއްވަމުން މި އަންނަނީ، ކުރިއަށް އޮތްތަނުގައި ދެން ހުރި ކަންކަން ވެސް ހިނގާނެ،" އެބާލް ބުންޏެވެ.
ޓޮޓެންހަމްގައި 20 އަހަރު ހޭދަކުރި، ކޭން، މީގެ ދެ އަހަރު ކުރިން، 2023 ވަނަ އަހަރު ބަޔާނަށް ސޮއިކުރީ ޖުމްލަ އެކު، 110 މިލިއަން ޑޮލަރަށް އަރާ ޑީލެއްގަ އެވެ.
Comment