Advertisement

ޝަރުތުތައް ބަލައިގަތުމުން ރޮނާލްޑޯ އެނބުރި އަލް ނަސްރު ޓީމަށް

10 ފެބުރުވަރީ 2026 - 10:26 0


ޝަރުތުތައް ބަލައިގަތުމުން ރޮނާލްޑޯ އެނބުރި އަލް ނަސްރު ޓީމަށް

10 ފެބުރުވަރީ 2026 - 10:26 0

ރިޔާދު، ސައުދީ އަަރަބިއްޔާ (ފެބްރުއަރީ 10) - ސައުދީ ޕްރޮފެޝަނަލް ލީގު (ޕްރޯ ލީގު)ގެ ކްލަބް އަލް ނަސްރަށް ކުޅެމުން އަންނަ ޕޯޗުގީސް ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯ، އެ ކްލަބުގައި ކުރިއަށްދިއުމަށް ކަނޑައެޅި ޝަރުތުތައް އެ ކްލަބުން ބަލައިގަތުމާ އެކު އޭނާ މެޗުތައް ކުޅުމަށް ޓީމާ ގުޅިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އަލް އިއްތިހާދުގައި ހުރި ފްރާންސް ފޯވާޑް، ކަރިމް ބެންޒެމާ ހިލޭ ޓްރާންސްފާއެއްގައި އަލް ހިލާލް އަށް ސޮއިކުރި ޑީލުގައި ސައުދީން ކްލަބްތައް ހިންގާ ގޮތާ މެދު ނުރުހިގެން ރޮނާލްޑޯ، އެންމެ ފަހުން އަލް ނަސްރު ކުޅުނު ދެ މެޗުގައި ވެސް ކުޅެފައިނުވެ އެވެ.

ރޮނާލްޑޯ، 41، ބޮޑަށް ހިތްހަމަނުޖެހުނީ، ސައުދީގެ ކްލަބްތައް ހިންގުމަށް ފަންޑް ދޭ، ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) އިން ފައިސާ ދޭ ސިސްޓަމުގެ ތެެރެއިން ހަރަދުކުރަން އޮންނަ އޮނިގަނޑަށް ބަލައިގެން ކުރިއަށްދާތީވެ، އަލް ނަސްރުގެ ކަންކަން ހަމަނުޖެހި ހުރުމުންނެވެ. އެއީ، އަލް ނަސްރުގެ ބައެއް ސްޓާފުންނަށް ދޭން ޖެހޭ މުސާރައިގެ ކަންކަން ހަމަނުޖެހި ހުރުމާއި، ރޮނާލްޑޯގެ ގުޅުން ބޮޑު އަލް ނަސްރުގެ ދެ އެޑްމިނިސްޓްރޭޓަރުން ކަމަށްވާ ސިމާއޯ ކުޓީނިއޯ އާއި ޖޯސޭ ސެމޭޑޯގެ ބާރު ގެއްލޭގޮތަށް ކަންކަން ކުރިއަށްދާތީވެ އެވެ.

މި ދެ ކަންތައް ހައްލުކުރަން ރޮނާލްޑޯ ކުރި ޝަރުތައް ކްލަބުން ތާއީދުކުރުމުން، އޭނާ އެނބުރި މެޗުތަކަށް ނުކުންނަން ތައްޔާރުވެފައިވާ ކަމަށް އީއެސްޕީއެން ބްރެޒިލް އިން ވަނީ ބުނެފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން، ރޮނާލްޑޯ، އަލުން ކުޅެން ނުކުންނާނީ ހޮނިހިރު ދުވަހު، ޕްރޯ ލީގުގައި އަލް ފަތޭއާ ދެކޮޅަށް ކުޅޭ މެޗުގަ އެވެ.