about 5 hours 0
ލީވާން އަލީ ނާސިރު
about 5 hours 0
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އިންތިހާބުގައި ވޯޓުލާން ރަޖިސްޓްރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓްރީވުމުގެ ފުރުސަތު މާދަމާ ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.
އިލެކްޝަނުން ބުނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ޑަބްލިއުޑީސީގެ ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލަން ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 10:00 އިން ފެށިގެން ފެބްރުއަރީ 16، ވާ ހޯމަ ދުވަހުގެ މެންދުރުފަހު 15:00 ގެ ނިޔަލަށެވެ.
ރީ-ރަޖިސްޓްރީވުމަށް އެދި ހުށަހެޅޭނެ އިންތިޒާމު ހަމަޖައްސާފައިވަނީ އިލެކްޝަންސް ކޮމިޝަނުގެ ރީ ރަޖިސްޓްރޭޝަން ޕޯޓަލް ނުވަތަ މައި ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށެވެ.
އެ މުއްދަތުގެ ތެރޭގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅާނީ 2024 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތައް އެކަނި ކަމަށް އިލެކްޝަނުން ބުންޏެވެ.
ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރިސޯޓެއްގައި ނުވަތަ ސިނާއީ މަސައްކަތްކުރާ ރަށެއްގައި ނުވަތަ ޖަލުގައި ނުވަތަ ރާއްޖެއިން ބޭރުގައި ވޯޓުލާން ރަޖިސްޓްރީކޮށްފައިވާ މީހުން ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓްރީގައި އެމީހެއްގެ ވޯޓުލާ ތަންކަމަށް ރަޖިސްޓްރީވެފައިވަނީ އެމީހެއްގެ ދާއިމީ އެޑްރެހެވެ.
މިހާރު ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ ތަނުގެ މައުލޫމާތު އިލެކްޝަނުގެ އޮންލައިން ރަޖިސްޓްރީ ޕޯޓަލް މެދުވެރިކޮށް ބެލޭނެ އެވެ.
މިކަމާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް 1414 އަށް ގުޅުމަށް އިލެކްޝަނުން އެދެ އެވެ.
Comment