Advertisement

އެމްބާޕޭގެ ލަނޑަކާ އެކު މޮޅުވެ ރެއާލުން ފަރަގުކުޑަކޮށްފި

about 2 hours 0


އެމްބާޕޭގެ ލަނޑަކާ އެކު މޮޅުވެ ރެއާލުން ފަރަގުކުޑަކޮށްފި

about 2 hours 0

މެޑްރިޑް (ފެބްރުއަރީ 9) - ސްޕެނިޝް ލީގުގައި ރޭ ކީލިއަން އެމްބާޕޭ ޖެހި ލަނޑަކާ އެކު، 2-0 އިން ވެލެންސިއާ އަތުން މޮޅުވެ، ރެއާލް މެޑްރިޑުން ލީގުގެ އެއް ވަަނަައިގައި އޮތް ބާސެލޯނާއާ ދެމެދުގައިވާ ޕޮއިންޓުގެ ފަރަގު ކުޑަކޮށްފި އެވެ.

މި މެޗަށް ނުކުތްއިރު، ބާސެލޯނާ އިން އެއް ވަނައިގައި އޮތީ އެއް މެޗު އިތުރަށް ކުޅެގެން، ހަތަރު ޕޮއިންޓު ކުރީގަ އެވެ. ރެއާލް މޮޅުވުމާ އެކު، ބާސެލޯނާގެ ލީޑު ވަނީ އެއް ޕޮއިންޓަށް ކުޑަވެފަ އެވެ. ބާސެލޯނާ އަށް 23 މެޗުން 58 ޕޮއިންޓް ލިބިފައިވާއިރު، ރެއާލްގެ އޮތީ 23 މެޗުން 57 ޕޮއިންޓެވެ.

ވެލެންސިއާ ދަނޑުގައި، ކުޅުނު ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ރެއާލާއި ވެލެންސިއާ އިން ރަނގަޅަށް ކުރިއަށްޖެހިގެން އެޓޭކްތަކެއް ކުރަން މަސައްކަތް ކުރި ނަމަވެސް ގޯލެއް ޖަހަން ކުރި އެއްވެސް ކަމެއް ކާމިޔާބެއްނުވި އެވެ.

ރެއާލަށް ހިތްހަމަޖެހުމެއް ލިބިގެންދިޔައީ، 65 ވަނަ މިނިޓްގައި އެ ޓީމުގެ ފުލްބެކް، އަލްވާރޯ ކަރޭރާސް ޖެހި ލަނޑުންނެވެ. މިއީ، ރެއާލްގެ ޑިފެންޑަރު، ޑީން ހައުސަން ދިން ބޯޅައަކުން ކަރޭރާސް އެޓޭކަށް އަރައި ޖެހި ގޯލެކެވެ. ވެލެންސިއާ އިން އެއްވަރުކުރެވޭތޯ އެކި ގޮތްގޮތުން މަސައްކަތްތައް ކުރަމުންދިޔައިރު، އާނައުޓް ޑަންޖޫމާ ކުރި އެޓޭކްތަކުން ގޯލެއް ފެންނަ ގޮތެއްނުވި އެވެ.

މެޗުގެ ތިން ޕޮއިންޓް ރެއާލުން ޔަަގީންކުރީ އިތުރު ވަގުތުގެ ތެރޭގައި އެމްބާޕޭ ޖެހި ގޯލުންނެވެ. އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގައި އެމްބާޕޭ މި ލަނޑު ޖެހީ، ބްރަހިމް ޑިއާޒް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. މި ސީޒަނުގެ ހުރިހާ މުބާރާތެއްގައި 38 ގޯލު ޖަހާފައިވާ އެމްބާޕޭ 23 ލަނޑު ޖެހީ ސްޕެނިޝް ލީގުގަ އެވެ.