about 2 hours 0
about 2 hours 0
ރިޔާދު، ސައުދީ އަރަބިއްޔާ (ފެބްރުއަރީ 7) - ސައުދީ ޕްރޮފެޝަނަލް ލީގު (ޕްރޯ ލީގު)ގެ ކްލަބް އަލް ނަސްރަށް ކުޅެމުން އަންނަ ޕޯޗުގީސް ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އެ ކްލަބާ ދެމެދު އޮތް މައްސަލަ އަށް އަވަސް ހައްލެއް ނުލިބޭނަމަ އެ ޓީމުން އޭނާ ވިއްކާލަން ތައްޔާރުވަމުން އަންނަ ކަަމަށް ރިޕޯޓްތައް ބުނެފި އެވެ.
އަލް އިއްތިހާދުގައި ހުރި ފްރާންސް ފޯވާޑް، ކަރިމް ބެންޒެމާ ހިލޭ ޓްރާންސްފާއެއްގައި އަލް ހިލާލް އަށް ސޮއިކުރި ޑީލުގައި ސައުދީން ކްލަބްތައް ހިންގާ ގޮތާ މެދު ނުރުހިގެން ރޮނާލްޑޯ، އެންމެ ފަހުން އަލް ނަސްރު ކުޅުނު ދެ މެޗުގައި ވެސް ކުޅެފައިނުވެ އެވެ.
މިކަމާ ގުޅިގެން ސައުދީ ޕްރޯ ލީގުގެ ތަރުޖަމާނު ވަނީ، ރޮނާލްޑޯ އަށް ރައްދުވާ ގޮތަށް މީޑިއާގައި ވަރުގަދަ އަށް ޖަވާބުދީފަ އެވެ. އެ ގޮތުން، ސައުދީ ޕްރޯ ލީގުގެ އޮފިޝަލް ބުނެފައިވަނީ، ރޮނާލްޑޯ ކަމުގައި ވިޔަސް އެއްވެސް އެތުލީޓަކަށް، ލިބިފައި އޮންނަން ޖެހޭ ބާރަށް ވުރެން އިތުރު ކަމެއް ނުކުރެވޭނެ ކަމަށާއި އެކި ކްލަބްތަކާއި ލީގުގެ މަސްލަހަތު ގެއްލޭފަދަ ކަމެއް ކުރަން ޖާގައެއް ނެތް ކަމަށެެވެ.
އުމުރުން 41 އަހަރުގެ ރޮނާލްޑޯ، 2022 ވަނަ އަހަރު ފަހުކޮޅުގައި، އަލް ނަސްރަށް ބަދަލުވިއިރު، މިދިޔަ އަހަރު ވަނީ އިތުރު ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފަ އެވެ. މުސާރަ ބޮޑުކޮށް ސޮއިކުރި އެ ކޮންޓްރެކްޓް އުވާލެވޭނެ ޝަރުތުތަކެއް ވެސް ހިމަނާފައިވާއިރު، ރިޕޯޓްތައް ބުނާގޮތުން، މިހާރު ދިމާވެފައި އޮތް މައްސަލަ ދިގުލައިދާނަމަ، އަލް ނަސްރުން 50 މިލިއަން ޑޮލަރުގެ ޑީލެއްގައި ރޮނާލްޑޯ ވިއްކާލަން ތައްޔާރުވާނެ އެވެ.
ރިޕޯޓްތައް ބުނާގޮތުން، ރޮނާލްޑޯ، އަލް ނަސްރު ދޫކޮށްލައިފިނަމަ، ފީފާ ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ވިސްނުމުގައި އެމެރިކާ ކްލަބަކާ ގުޅުމުގެ ފުރުސަތު އެބައޮތެވެ.
Comment