about 2 hours 0
about 2 hours 0
އެމަނިކުފާނުގެ އަރިހަށް ހެއްކާއެކު ކޮރަޕްޝަންގެ މައްސަލައެއް ގެންގޮސްފި އެކަމަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވަމުން މުއިއްޒު ވިދާޅުވީ، ކޮރަޕްޝަންގެ މައްސަލައެއްގައި ހެކި ދައްކައިފި ނަމަ ފިޔަވަޅު އަޅުއްވަން "ކުޑަކޮށް ވެސް ފަސް ނުޖެހޭނެ" ކަމަށެވެ.
"އިއްޒަތްތެރި މަޖިލިސް މެންބަރުންނަށް އަޅުގަނޑު ދޭ ޔަންން ކަމަކީ، ކޮރަޕްޝަނާއި ވައްކަމާއި ފަސާދަ ހިންގާ އެއްވެސް ފަރާތެއްގެ މައްސަލަ، އެ މައްސަލައިގެ ހެއްކާއެކު އަޅުގަނޑާ ހަމަޔަށް ގެނެސްފިނަމަ، އެ ފަރާތަކަށް އަޅަންޖެހޭ ފިޔަވަޅު އެޅުމުގައި އަޅުގަނޑު ކުޑަކޮށް ވެސް ފަސް ނުޖެހޭނެކަން،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު އެހެން ވިދާޅުވިއިރު، ބިންވެރިޔާ ސްކީމުން ގޯތި ނުލިބޭ ބަޔަކަށް ގޯތި ލިބުނު ކަމަށް ހަދައިގެން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ވަނީ ބޮޑު ކޮރަޕްޝަނެއް ހިންގައިފަ އެވެ. އެއިރު އެތަނުގައި ވެރިޔަކަށް ހުންނެވި ފަޒުލް ރަޝީދުގެ މައްސަލަ ސިޓީއަކުން މުއިއްޒުގެ ސަމާލުކަމަށް އޮތީ ގެނެސްފަ އެވެ.
އެކަމަކު މުއިއްޒު ފަހުން ވިދާޅުވީ، އެމަނިކުފާނަށް އެޑްރެސްކޮށް ރައީސް އޮފީހަށް ފޮނުވި އެ ސިޓީ ލިބިވަޑައިގެންފައިނުވާ ކަމަށެވެ. އޭގެ ފަހުން ފަހުން މަގާމުން ވަކި ކުރި ނަމަވެސް ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގައި ވަރަށް އިސްކޮށް ހަރަކާތްތެރިވެ އެވެ.
އޭގެ އިތުރުން، ސަރުކާރުން މި ފަހުން ވަނީ ބިޑަކަށް ނުލައި 200 އަށް ވުރެ ގިނަ ޕްރޮޖެކްޓު ބަހާލައިފަ އެވެ. އަދި ސީދާ ރައީސް މުއިއްޒުގެ ފަރާތުން މަޖިލިސް މެންބަރުންނަށް ކޮންމެ މަހަކު ބައިލައްކަ ރުފިޔާ ދެއްވާ މައްސަލަތަކެއް ވެސް މީގެ ކުރިން ފެންމަތިވި އެވެ.
Comment