about 2 hours 0
about 2 hours 0
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ކުޅެން އޮތް މެޗަށް ކްލަބް ގްރީން ސްޓްރީޓްސްގެ ޓީމު ހަމަނުވެ، އެ މެޗުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް މޮޅުވި ކަމަށް ނިންމުމާ އެކު، ކްލަބް ވެލެންސިއާ ވަނީ ރެލިގޭޓްވެއްޖެ އެވެ.
މި ފަހަރުގެ ދިވެހި ޕްރިމިއާ ލީގުގެ ފޯމެޓް ރޭވިފައި އޮތްގޮތުން، 10 ޓީމު ވާދަކުރާ މި ފަހަރުގެ މުބާރާތުގެ ދެ ބުރުގެ ކުޅުން ނިމޭއިރު ފުލަށް ދާ ދެ ޓީމެއް އޮޓޮމެޓިކުން ރެލިގޭޓްވާނެ އެވެ. އަދި، ހަތް ވަނަ އަށް ދާ ޓީމާއި އަށް ވަނައިގައި ނިންމާ ޓީމުން ރެލިގޭޝަން ޕްލޭއޮފްގައި ކުޅެން ޖެހޭނެ އެވެ.
އެ ގޮތުން، މިދިޔަ ހަފްތާގައި ވެލެންސިއާއާ އެއްވަރުވެ، ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ވަނީ 10 އަހަރަށް ފަހު ވަނީ ރެލިގޭޓްވެފަ އެވެ.
ވެލެންސިއާ އަށް އޮޓޮމެޓިކް ރެލިގޭޝަނުން ސަލާމަތްވުމަށްޓަކައި އިއްޔެ 2-0 އިން އީގަލްސް ބަލިކުރި އެވެ. ވެލެންސިއާ އަށް ސަލާމަތްވެވެން އޮތް ގޮތަކީ، ލީގުގައި މިއަދު ނިއު އިން ފަސް ގޯލުގެ ތަފާތުން ކްލަބް ގްރީން ސްޓްރީޓްސް ބަލިކޮށްފިނަމަ އެވެ. އެއީ، ވެލެންސިއާ އަށް ގެއްލުން 28 ގޯލު އޮތްއިރު، ގްރީން ސްޓްރީޓްސް އަށް ގެއްލުން އޮތީ 24 ގޯލެވެ. އެ ޓީމަށް 18 މެޗުން 12 ޕޮއިންޓް ލިބިފައިވެ އެވެ.
ގްރީން ސްޓްރީޓްސް އިން މިއަދު މެޗަށް ހާޒިރުނުވުމުން، ގަވާއިދުގައިވާ ގޮތުގެ މަތިން ނިއު އަށް މެޗު ލިބުނީ 2-0 އިންނެވެ. މާނަ އަކީ، ވެެލެންސިއާ ރެލިގޭޓްވުމެވެ.
ވެލެންސިއާ ރެލިގޭޓްވުމާ އެކު، މިއީ، އަށް ވަރަކަށް އަހަރު ތެރޭ އެ ޓީމު ރެލިގޭޓްވެ، ދެ ވަނަ ޑިވިޝަނަށް ވެއްޓުނު ދެ ވަނަ ފަހަރެެވެ. މީގެ ކުރިން، 2018 ވަނަ އަހަރު ވެސް އެ ޓީމު ރެލިގޭޓްވެފައިވާއިރު، އަލުން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވީ، 2020 ވަނަ އަހަރު ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްފަ އެވެ.
ގްރީން ސްޓްރީޓްސް އިން ގަސްދުގައި މެޗަށް ހާޒިރުނުވި ކަމަށް ވާހަކަ ދެކެވޭއިރު، އޭގެ ގެއްލުން ވެލެންސިއާ އަށް ކުރިމަތިވެފައިވާއިރު، އެފްއޭއެމް އިން މި މައްސަލަ ބަލާނެތޯ އެެއީ އުފެދޭ ސުވާލެކެވެ. އަދި، ގްރީން ސްޓްރީޓްސް އިން މިއަދު މެޗަށް ނައިސް ރެލިގޭޝަނުން ސަލާމަތްވުމަށް ގަވާއިދުން އޮތީ ފުރުސަތު ލިބޭ ގޮތަށެވެ.
މީގެ ކުރިން، ލީގުގެ މެޗަކަށް ހާޒިރުނުވާ ޓީމުތަކަށް ގަވާއިދުގެ ތެރެއިން ޑިސިޕްލިނަރީ ފިޔަވަޅެއްގެ ގޮތުން އަޅާފައިވަނީ 25،000 ޖޫރިމަނާއެއް ދައްކަން ޖެހޭ ގޮތަށެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment