about 2 hours 0
about 2 hours 0
އިނގިރޭސި ލީގު ކަޕް ސެމީ ފައިނަލް ދެ ވަނަ ލެގުގައި ރޭ 3-1 އިން ނިއުކާސަލް ޔުނައިޓެޑް ބަލިކޮށް، އެ ޓީމު ކަޓުވާލައި، މުބާރާތުގެ ފައިނަލުގައި އާސެނަލާ ދެކޮޅަށް ކުޅުމުގެ ފުރުސަތު މެންޗެސްޓާ ސިޓީން ހޯދައިފި އެވެ.
ޗެލްސީ ބަލިކޮށް އާސެނަލުން، ފައިނަލަށް ދަތުރުކުރިއިރު، މިއީ ހަ އަހަރު ތެރޭ އެ ޓީމުން ކުޅޭ ފުރަތަމަ ފައިނަލެވެ. އަނެއްކޮޅުން، 2018 ވަނަ އަހަރުގެ ފަހުން ލީގު ކަޕް ފައިނަލުގައި ކުޅޭ ފުރަތަމަ ފަހަރެވެ. މިިދިޔަ އަހަރުގެ ލީގު ކަޕް ޗެމްޕިއަން، ނިއުކާސަލް އަތުން ސިޓީން އެގްރިގޭޓަށް ބަލާއިރު، ކުރިހޯދީ 5-1 އިންނެވެ.
އިއްތިހާދު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 32 މިނިޓް ތެރޭގައި ސިޓީން ތިން ލަނޑު ޖެހި އެވެ. އެ ގޮތުން، މެޗު ފަށައިގެން ހަތް ވަނަ މިނިޓްގައި މިސްރުގެ ފޯވާޑް، އޮމަރު މާމޫޝް ވަނީ ސިޓީ އަށް ލީޑުނަގައިދީފަ އެވެ.
އަދި، 29 ވަނަ މިނިޓްގައި އެންޓުއާން ސެމެންޔޯ ކުރި އެޓޭކެއްގައި، މާމޫޝް ވަނީ ސިޓީ އަށް ލީޑުފުޅާކޮށްދީފަ އެވެ. ދެ ވަނަ ލަނޑު ޖެހިތާ ތިން މިނިޓް ފަހުން، ކައުންޓައެޓޭކަކުން ތަނަވަސްވި ފުރުސަތެއްގައި ސިޓީގެ ތިން ވަަނަ ގޯލު ކާމިޔާބުކުރީ ޓިޖާނީ ރައިންޑާސް އެވެ.
މެޗުގައި ނިއުކާސަލްގެ ހަމައެކަނި ލަނޑު ޖެހީ 62 ވަނަ މިނިޓްގައި، މަލިކް ތިއާއޯ ދިން ބޯޅައަކުން އެންޓޯނީ އެލަންގާ އެވެ.
ސިޓީ އާއި އާސެނަލް ކުޅޭ ލީގު ކަޕް ފައިނަލް އޮންނާނީ މާޗް 22 ވަނަ ދުވަހު ވެމްބްލީ ސްޓޭޑިއަމްގަ އެވެ.
Comment