Advertisement

ރިޔާސީ ބަޔާންތަކުގައި ގިނައީ ދޮގު، 90 ޕަސެންޓު ވައުދު ނުފުއްދާ: އެމްޑީޕީ

about 2 hours 0

އެމްޑީޕީގެ ޗެއާޕާސަން އަބްދުލްގަފޫރު މޫސާ ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަނީ: އޭނާ ވަނީ ރިޔާސީ ބަޔާނުގައި ވެވަޑައިގެންނެވި ވައުދުތައް ނުފުއްދުނު ސަބަބު ސާފުކޮށްދޭން ގޮވާލާފައި --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ރިޔާސީ ބަޔާންތަކުގައި ގިނައީ ދޮގު، 90 ޕަސެންޓު ވައުދު ނުފުއްދާ: އެމްޑީޕީ

about 2 hours 0

ރިޔާސީ ބަޔާންތަކުގައި ރައީސް މުހައްމަދު މުއިއްޒު ދައްކަވާފައިވާ ގިނަ ވާހަކަތަކަކީ ދޮގު ކަމަށާއި ވައުދުވީ ގޮތަށް ގިނަ މަސައްކަތްތަކެއް ނުހިނގާ ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފި އެވެ.

ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމުގެ ގޮތުން ބާއްވާ ޖަލްސާގެ ކުރިން އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޖިލީހުގައި ތިއްބަވާ އެ ޕާޓީގެ މެންބަރުން ވަނީ ވޭތުވި ދެ އަހަރުގެ ރިޔާސީ ބަޔާނުގައި ވައުދުވެފައި ހުރި މަސައްކަތްތައް ހިނގާފައި ހުރި މިންވަރު ކިޔައިދީފަ އެވެ.

އެ ގޮތުން ނޫސްވެރިންގެ ބައްދަލުވުން ފަށަމުން ވާހަކަ ދެއްކެވި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ ވޭތުވި ދެ އަހަރުގެ ރިޔާސީ ބަޔާނުގައި ހުރި ކަންކަން އެ ޕާޓީން ދިރާސާކުރިއިރު، ކޮންމެ ދާއިރާއަކަށް ބެލި ކަމުގައި ވިޔަސް ރިޔާސީ ބަޔާންތަކުގައި ހުރީ ދޮގު ކަމަށެވެ.

"އަޅުގަނޑުމެން ބެލިބެލުމުގައި ގައުމިއްޔަތޭ، އިގުތިސޯދޭ، އިސްލާމް ދީނޭ، ސަގާފަތޭ، އިންފްލޭޝަނޭ، މިހެން ކިޔާނެ ކަމެއް ނެތް، ކޮންމެ ދާއިރާއަކަށް ބަލާލިއިރުގައި ވެސް ހުރީ ހުސް ދޮގު ހަދާ، ރައްޔިތުންނަށް އޮޅުވާލާފައި،" އޭނާ ވިދާޅުވި އެވެ.

ރިޔާސީ ބަޔާނުން ނުފުދި ހުރި ކަމަށް އެމްޑީޕީން ބުނާ ވައުދުތަކުގެ ތަފާސްހިސާބުތައް ހިއްސާކުރައްވަމުން އެ ޕާޓީގެ ޗެއާޕާސަން، ހަނިމާދޫ ދާއިރާގެ މެންބަަރު އަބްދުލް ގަފޫރު މޫސާ ވިދާޅުވީ 90 ޕަސެންޓު ވައުދުނުފުދޭ ކަމަށެވެ. އޭނާ ވަނީ، ވައުދުތައް ނުފުދުނު ސަބަބު މާދަމާ ރިޔާސާ ބަޔާން އިއްވަވަމުން މުއިއްޒު ސާފުކޮށްދޭން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

އެމްޑީޕީގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ މެންބަރުން ވަނީ ވަރަށް ތަފުސީލުކޮށް ރިޔާސީ ބަޔާންތަކުގައި މުއިއްޒު ދައްކަވާފައި ހުރި ވާހަކަތަކާއި، ދައްކަވާފައި ހުރި ވާހަކަތަކުގައި ހުރި މަސައްކަތްތަކުގެ ތެރެއިން ނުވެ ހުރި ކަންކަމުގެ ތަފުސީލުތައް ދެއްވާފަ އެވެ. އަދި މި ކަންކަމަށް ޖަވާބުދީފައި ނޫނީ ރިޔާސީ ބަޔާން ނީއްވޭނެ ކަމަށް ބައެއް މެންބަރުން ވިދާޅުވި އެވެ.

އެމްޑީޕީން ވަނީ ރިޔާސީ ބަޔާން އިއްވާ ޖަލްސާއަށް މާދަމާ ހާޒިރުވެ، ސަރުކާރު ޖަވާބުދާރީކުރަން ކުރަން ޖެހޭ ކަންކަން ކުރާނެ ކަމަށް ބުނެފަ އެވެ.