Advertisement

އެމެރިކާގެ މަނަވަރަކަށް ކައިރިވި އިރާނުގެ ޑްރޯނެއް ވައްޓާލައިފި

about 2 hours 0

މެރިކާގެ މަނަވަރު USS އަބްރަހަމް ލިންކަން


އެމެރިކާގެ މަނަވަރަކަށް ކައިރިވި އިރާނުގެ ޑްރޯނެއް ވައްޓާލައިފި

about 2 hours 0

އަރަބި ކަނޑުގައި ދަތުރުކުރަމުންދިޔަ އެމެރިކާގެ މަނަވަރު ޔޫއެސްއެސް އަބްރަހަމް ލިންކަންއާ ނުރައްކާތެރި މިންވަރަކަށް ގާތްވި އިރާނުގެ ޑްރޯނެއް، އެމެރިކާގެ ފައިޓަރު ޖެޓަކުން ވައްޓާލައިފިކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑް އިން ހާމަކޮށްފިއެވެ.

ސެންޓްކޮމްއިން ބުނި ގޮތުގައި އަންގާރަ ދުވަހު ވައްޓާލާފައިވަނީ އިރާނުގެ ޝަހީދު-139 މަރުކާގެ ޑްރޯނެކެވެ. މި ޑްރޯން ވައްޓާލާފައިވަނީ މަނަވަރުގައި އޮތް އެފް-35ސީ މަރުކާގެ ފައިޓަރު ޖެޓަކުންނެވެ.

ސެންޓްކޮމްގެ ތަރުޖަމާނު ޓިމް ހޯކިންސް ވިދާޅުވި ގޮތުގައި، މި ޑްރޯން ވައްޓާލީ މަނަވަރާއި އޭގައި ތިބި ސިފައިންގެ ރައްކާތެރިކަމަށްޓަކައެވެ. އިރާނުގެ އައްސޭރިފަށާ ގާތްގަނޑަކަށް 800 ކިލޯމީޓަރު ދުރުގައި މި ހާދިސާ ހިނގިއިރު، އެމެރިކާއިން ބުނަނީ ޑްރޯން އައީ "ދުޝްމަނުކަމުގެ ރޫހެއްގައި" ކަމަށާއި، ދުރަށް ދިއުމަށް އެންގުމުންވެސް އެކަމަށް އިޖާބަދީފައިނުވާ ކަމަށެވެ.

މި ހާދިސާ ހިނގާފައި މިވަނީ ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން ކުޑަކޮށް، ނިއުކްލިއާ މައްސަލައިގައި މަޝްވަރާތައް އަލުން ފެށުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.

އިރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ވަނީ އެމެރިކާއާއެކު އިންސާފުވެރި މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަށް އެގައުމުގެ ފޮރިން މިނިސްޓަރަށް އަންގަވާފައެވެ. އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ހާއްސަ މަންދޫބު ސްޓީވް ވިޓްކޮފް މި ހަފުތާގެ ހުކުރު ދުވަހު ތުރުކީގައި އިރާނުގެ އޮފިޝަލުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ވައިޓް ހައުސްއިން ބުނާ ގޮތުގައި ޑްރޯން ވައްޓާލި ނަމަވެސް، މި މަޝްވަރާތައް ތާވަލާ އެއްގޮތަށް ކުރިއަށް ދާނެއެވެ.

ނަމަވެސް، ހަމަ އެދުވަހު ހޯރްމޫޒް ކަނޑުއޮޅިން ދަތުރުކުރި އެމެރިކާގެ ދިދަ ޖެހި މުދާ އުފުލާ އުޅަނދަކަށް އިރާނުގެ ރިވޮލިއުޝަނަރީ ގާޑްސް އިން އުނދަގޫކޮށް، އެ ބޯޓަށް އަރަން އުޅުނު ކަމަށްވެސް އެމެރިކާއިން ވަނީ ތުހުމަތުކޮށްފައެވެ. މިކަމާ ގުޅިގެން އިރާނުން ބުނެފައިވަނީ އެ އުޅަނދު އިރާނުގެ ކަނޑުގެ ސަރަހައްދަށް ވަނީ ހުއްދަނެތި ކަމަށާއި، އިންޒާރު ދިނުމުން އެ ސަރަހައްދު ދޫކޮށް ގޮސްފައިވާ ކަމަށެވެ.