Advertisement

ފަހު ވަގުތު އެމްބާޕޭ ވައްދާލި ޕެނަލްޓީން ރެއާލަށް މޮޅެއް

about 2 hours 0


ފަހު ވަގުތު އެމްބާޕޭ ވައްދާލި ޕެނަލްޓީން ރެއާލަށް މޮޅެއް

about 2 hours 0

މެޑްރިޑް (ފެބްރުއަރީ 2) - ސްޕެނިޝް ލީގުގައި ރޭ އިތުރު ވަގުތުގެ 10 ވަނަ މިނިޓްގައި ކީލިއަން އެމްބާޕޭ ވައްދާލި ޕެނަލްޓީން 2-1 އިން ރަޔޯ ވަޔެކާނޯ އަތުން ރެއާލް މެޑްރިޑް މޮޅުވެއްޖެ އެވެ.

ބާސެލޯނާ، އެއް ވަނައިގައި އޮތީ 22 މެޗުން 55 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ރެއާލަށް 22 މެޗުން 54 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ވަނީ 22 މެޗުން 45 ޕޮއިންޓް ލިބިފަ އެވެ.

ރޭގެ މެޗުގައި ރެއާލުން މޮރޮކޯގެ ތަރި، ބްރަހިމް ޑިއާޒަށް ފުރަތަަަމަ އެގާރައިން ފުރުސަތު ދީފައިވާއިރު، އޭނާގެ އެހީތެރިކަމާ އެކު ރެއާލުން 15 ވަނަ މިނިޓްގައި ލީޑުނެގި އެވެ. މިއީ، ޑިއާޒް ދިން ބޯޅައަކުން ވިނީޝިއުސް ޖޫނިއާ ޖެހި ގޯލެކެވެ.

ދެ ވަނަ ހާފު ފަށައިގެން ހަތަރު މިނިޓްގެ ތެރޭގައި ރަޔޯ އިން އެއްވަރުކުރި އެެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އަލްވާރޯ ގާސިއާ ދިން ބޯޅައަކުން، ޖޯޖް ޑި ފްރޫޓޯސް އެވެ.

އޭގެފަހުން، އެމްބާޕޭ އާއި އެޑުއާޑޯ ކަމަވިންގާ ފޮނުވާލި ހަމަލާތަކެއް ގޯލުގެ ދަނޑިއަށް އަމާޒުވެފަ އެވެ. ރަޔޯ އަށް މައްސަަލަ ދިމާވީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 10 މިނިޓަށް ވެފައިވަނިކޮށް، ރެއާލުގެ ޑެނީ ސެބާޔޯސް އަށް ކުރި ފައުލަކަށް ރަޔޯގެ ޕަތޭ ސީސޭ އަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ.

ރެއާލް މޮޅުވީ، އިތުރު ވަގުތުގެ 10 ވަނަ މިނިޓްގައި އެމްބާޕޭ ޖެހި ޕެނަލްޓީންނެވެ. މިއީ، ރަޔޯގެ ނޯބެލް މެންޑީ އޭރިއާތެެރެއިން ރެއާލްގެ ބްރަހިމް އަށް ކުރި ފައުލަަކަށް ދިން ޕެނަލްޓީއެކެވެ. އޭގެ ފަހުން، ރަޔޯގެ ޕެޕް ޗަވާރިއާ އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތެއް ދައްކައިފަ އެވެ.