Advertisement

ވިލިމާލޭގައި ހިންގި މާރާމާރީއަކާ ގުޅިގެން ހަތަރު ބިދޭސީން ހައްޔަރުކޮށްފި


ވިލިމާލޭގައި ހިންގި މާރާމާރީއަކާ ގުޅިގެން ހަތަރު ބިދޭސީން ހައްޔަރުކޮށްފި

ވިލިމާލޭގައި ހިންގި މާރާމާރީއަކާ ގުޅިގެން ބަންގްލަދޭޝްއަށް ނިސްބަތްވާ ހަތަރު ބިދޭސީން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރީ މުހައްމަދު ހަސަން މިއާ، 32، އާއި ސޮރިފް މިއާ، 35، އާއި މޫމިން މިއާ، 35، އަދި ސަހިއްތަ ހާން، 21، އެވެ.

މި މައްސަލައާ ގުޅިގެން އެ ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.

އެ ހަތަރު މީހުން ބަންދުކުރަން ކޯޓުން ނިންމީ މުޖުތަމައުގެ ސަލާމަތާއި ނުރައްކަލަށްޓަކަ އެވެ.

މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވާއިރު، އިތުރު ތަފްސީލެއް ދީފައެއް ނުވެ އެވެ.