about 2 hours 0
މުހައްމަދު ޝަހްޒާން
ކޮންޓްރޯލް ބިލާ ދެކޮޅަށް ނޫސްވެރިން ކުރިއަށް ގެންދިޔަ ފޯރަމެއްގައި ޑރ. ސަވާދު ވާހަކަދައްކަވަނީ -- ފޮޓޯ: އަދަދު
about 2 hours 0
ދީނުގެ ނަމުގައި ފަސާދަ ފަތުރާ މީހުން އުޅޭ ކަމަށާއި އެފަދަ މީހުންނާމެދު މީހުން ހޭވެރިކަން ކުރުވުމަކީ ދީނަށް ފުރައްސާރަ ކުރުންތޯ ކުރީގެ ބަންޑާރަ ނައިބު ޑރ. އަހްމަދު އަލީ ސަވާދު ސުވާލު އުފައްދަވައިފި އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސަވާދު ވިދާޅުވީ ދީނުގެ ނަމުގައި މަގު ފޭރޭ މީހުންނާއި ދީންވެރިކަން ދައްކައިގެން ފޮށި ފަޅާ މީހުން އުޅޭކަމީ ދުނިޔެވީ ހަގީގަތެއް ކަމަށެވެ،
"ދީނުގެ ނަމުގަ ފަސާދަ ފަތުރައި، ތަވާޟުއުވެރި ސިފައިގަ މަގުފޭރޭ މީހުން އުޅޭކަމާއި ޒާހިދުކަން ދައްކައިގެން ފޮށިފަޅާ މީހުން އުޅޭކަމީ ދުނިޔެވީ ހަގީގަތެއް. މި މީސްމީހުނާ މެދު ތިބީންގެ މީހުން ސަމާލުވުމަށް ވައްބަހުންނާ މަޖާޒީ ކުރެހުމުން ހޭވެރިކުރުވުމަކީ ދީނަށް ފުރައްސާރަ ކުރުމަށް ވާނެބާ؟" ސަވާދު ސުވާލު އުފައްދަވައިފައިވެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު އަދަދު ނޫހުގެ ފޭސްބުކް އަދި އެކްސްގައި ޝާއިޢުކުރި އެ ކާޓޫނާ ގުޅިގެން ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބައެއް މީހުން ހިމެނޭހެން ކާޓޫނަށް ފާޑުކިޔުން ދާއިރު، އެ ކާޓޫނުގައި އެއްވެސް މައްސަލައެއް ނެތް ކަމާއި ކާޓޫނުން ދައްކުވައި ދެނީ މުޖުތަމައުގެ ހާލަތު ކަމަށް ބައެއް މީހުން ބުނެ އެވެ.
ރާއްޖޭގައި ވައްކަމާއި ރިޝްވަތުގެ ވަބާ ބޮޑުވެފައިވާ މަންޒަރު ސިފަކޮށްދިނުމަށް ކުރަހާފައިވާ އެ ކާޓޫނު ނެގުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން އަންގާފައި ވާތީ، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވެސް ވަނީ ހަރުކަށި އިބާރާތުން އެކަން ކުށްވެރިކޮށްފަ އެވެ.
އޭގެ އިތުރުން ވެސް ސިޔާސީ ބައެއް ބޭފުޅުން ވެސް ވަނީ، އެ ކުރެހުމުގައި މައްސަލައެއް ނޫޅޭ ކަމަށާއި އެ ކާޓޫނާ ދީނާ ގުޅުވައި ވާހަކަދައްކަނީ ބައެއްގެ ސިޔާސީ ފިކުރު ހިމާޔަތް ކުރަން ކަމަށް ބުނެފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment