Advertisement

ޕީސާ އަތުން މޮޅުވެ އިންޓަ އެއް ވަނައިގައި ހަމަޖެހިލައިފި

about 2 hours 0


ޕީސާ އަތުން މޮޅުވެ އިންޓަ އެއް ވަނައިގައި ހަމަޖެހިލައިފި

about 2 hours 0

މިލާން (ޖެނުއަރީ 24) - އިޓާލިއަން ލީގުގައި ރޭ ޕިސާ އަތުން 6-2 އިން މޮޅުވެ، އިންޓަ މިލާނުން ލީގު ތާވަލުގެ އެއް ވަަނައިގައި ހަމަޖެހިލަައިފި އެވެ.

އެ ގޮތުން، އިންޓަ އިން އެއް ވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ނަގާފައިވަނީ އެއް މެޗު އިތުރަށް ކުޅެގެންނެވެ. އިންޓަ އަށް 22 މެޗުން 52 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަަނައިގައި އޮތް އޭސީ މިލާނަށް ވަނީ 21 މެޗުން 46 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ނަޕޯލީ އަށް ވަނީ 21 މެޗުން 43 ޕޮއިންޓް ލިބިފަ އެވެ.

އަމިއްލަ ދަނޑުގައި އިންޓަ އިން ރޭގެ މެޗު ފަށަން ޖެހުނީ އުނދަގޫ ހާލަތެއްގަ އެވެ. އެ ގޮތުން، 23 މިނިޓް ތެރޭ ޕީސާ އިން ދެ ގޯލު ޖަހައި، އިންޓަ ހާސްކޮށްލި އެވެ. އިންޓަ ކޮޅަށް ޕީސާގެ ދެ ގޯލު ޖެހީ ވެސް ސްޓެފާނޯ މޮރޭއޯ އެވެ. އޭގެ ތެރެއިން އެއް ލަނޑަކީ، އިންޓަގެ ކީޕަރު، ޔެން ސޮމާ ބޯމަތިން ހާފުގެ މެދެއްހާ ހިސާބުގައި ހުރެފައި ޖެހި ގޯލެކެވެ.

އިންޓަ އިން މެޗުގައި ފަހަތުން އަރައި މޮޅުވުމުގެ ފެށުމަކީ، 39 ވަަނަ މިނިޓްގައި ޕިއޮޓްރޭ ޒިއެލިންސްކީ ވައްދާލި ޕެނަލްޓީ އެވެ. އޭގެ ދެ މިނިޓް ފަހުން، ލައުޓާރޯ މާޓީނޭޒް ވަނީ އިންޓަގެ ދެ ވަނަ ލަނޑު ޖަހައި، އެއްވަރުކޮށްފަ އެވެ. އަދި، ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ޕިއޯ އެސްޕޮސީޓޯ ވަނީ ގޯލު ޖަހައި، އިންޓަ އަށް ލީޑުނަގައިދީފަ އެވެ.

މެޗުގައި އިންޓަ އިން ދެން ޖެހި ތިން ގޯލު ވެސް ކާމިޔާބުކުރީ މެޗުގެ ފަހުކޮޅުގަ އެވެ. އެ ގޮތުން، 83 ވަނަ މިނިޓްގައި އިންޓަގެ ހަތަރު ވަަނަ ލަނޑު ޖެހީ މެޗުގައި މޮޅު ކުޅުމެއް ދައްކައި، ދެ ލަނޑު ޖަހަން ފުރުސަތު ހޯދައިދިން ފެޑެރީކޯ ޑި މާކޯ އެވެ. އަދި، އޭގެ ފަހުން، އަނެއް ލަނޑުތައް ޖެހީ، އަންގޭ ބޮނީ އާއި ހެންރިކް މިކިތާރްޔަން އެވެ.